ޚަބަރު ފީތާ

ރާއްޖޭގެ ބޯޑަރު އޮގަސްޓުމަހު ބަންދުކުރުމަށް މަޝްވަރާކޮށްފައެއް ނުވޭ: މަބްރޫކް

މިއަހަރުގެ އޮގަސްޓުމަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއިގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް އަދިމިހައިތަނަށް ދެކެވިފައި ނުވާ ކަމަށާއި އެގޮތަށް އިވޭ އަޑުތައް ކަމާއިބެހޭ ފަރާތްތަކުން ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ.

މިގޮތަށް އަޑު ފެތުރިފައި މިވަނީ އޭޕްރީލްމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑު ބަލީގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، އެބަލީގައި ނިޔާވާ މީހުން ވެސް އިތުރުވާން ފެށުމާއިގުޅިގެން ނެެވެ.

މި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 44000 ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

މިއީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަންނަ ފަތުރުވެރިންނާ އަޅާ ބަލާ އިރު، ނިސްބަތުން ދަށް ޢަދަދެކެވެ.

ކޮވިޑު ބަލީގެ ނުރައްކާ ކުޑަކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވަނީ ހަރުކަށި ފިޔަވަޅުތަކެއް އިއުލާންކޮށް، ބައެއް ރަށްރަށުގައި މިހާރު ވަނީ ކާފިއު ހިންގަންފަށާފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ރާއްޖޭގެ ބޯޑަރު އޮގަސްޓުމަހު ބަންދުކުރުމަށް މަޝްވަރާކޮށްފައެއް ނުވޭ: މަބްރޫކް"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.