ރައީސް ވިދާޅުވި ފަދައިން ބިލުތަކުން މިމަހު ޑިސްކައުންޓު ލިބޭނެ: ސްޓެލްކޯ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެފައިވާ ފަދައިން މި މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ޢާންމު ގޭބިސީތަކުގެ ކަރަންޓަށް ދައްކަން ޖެހޭ އަދަދުގެ 40 އިންސައްތަ އަދި އާންމު ގޭބިސީތަކުން ބޭނުންކުރާ ފެނަށް ދައްކަން ޖެހޭ އަދަދުން 30 އިންސައްތަ ޑިސްކައުންޓް މި މެއި މަހުގެ ބިލުން ލިބޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ރައީސް ވިދާޅުވި ފަދައިން އާންމު ވިޔަފާރިތަކުން ބޭނުން ކުރާ ފެނާއި ކަރަންޓަށް ދައްކަން ޖެހޭ އަދަދުން 20 އިންސައްތައިގެ ޑިސްކައުންޓު ވެސް މި މަހު ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ބިލުގެ އަދަދުން ޑިސްކައުންޓަށް ކަނޑާފައިވާ މިންވަރު، ސްޓެލްކޯގެ އެޕްލިކޭޝަނުން ބަލައިލެވޭނެ ކަމަށެވެ. އަދި އެސްއެމްއެސްގެ ގޮތުގައި ފޯނަށް ބިލު ފޮނުވާ އިރު، ބިލު ބަލައިލެވޭ ގޮތަށް ފޮނުވާ ލިންކުންވެސް ޑިސްކައުންޓް އަދަދު ފެންނާނެ ކަމަށެވެ.

ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދޭނެ ކަަމަށް ރައީސް ސޯލިހު ނިންމަވާ، އެކަން އިޢުލާން ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ދިވެހި ގައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ މިގޮތަށް ނިންމެވީ ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ރައްޔިތުންނަށް ލުއެއް ދިނުމުގެ ގޮތުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.