އިޒްރާއީލުން އަނެއްކާވެސް ފަލަސްތީންގެ ޒުވާނަކު ޝަހީދު ކޮށްލައިފި

އިޒްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްތީންގެ ވެސްޓް ބޭންކުގައި ހުކުރު ދުވަހު ހިނގި ހަމަނުޖެހުމެއްގައި އިޒްރާއީލް ސިފައިން ބަޑި ޖަހައި ފަލަސްތީންގެ ޒުވާނަކު ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީންގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.

ވެސްޓް ބޭންކްގެ އަވަށެއް ކަމުގައިވާ ނަބްލުސް ކައިރީއަށް ފަލަސްތީންގެ ބައެއް މީހުން އެއްވެ އަޑު އުފުލަމުން ދިޔައީ، އިޒްރާއީލުން ގަދަކަމުން ފަލަސްތީން މީހުންގެ ބިންތައް ފޭރުމާއި އެމީހުން ގެދޮރުން ބޭރު ކުރުމާއި، ފަލަސްތީން ބިންތަކުގައި އިޒްރާއީލް މީހުން ގަދަކަމުން ވަޒަންވެރި ވުމާއި ދެކޮޅަށެވެ.

އިޝްތިހާރު Below Header ad

މަންޒަރުދުށް ފަރާތްތަކުން ބުނެފައި ވަނީ، އެއްވުމުގައި މޫނު ނިވާކޮށްގެން ތިބި ބައެއް މީހުން ވަނީ އިޒްރާއީލް ސިފައިންނާއި ދިމާއަށް ގާ އުކައި، އަދި ޓަޔަރު ތަކެއްގައި އަލިފާން ރޯކޮށްފައިވާ ކަމަށެވެ. ރައްދުގައި އިޒްރާއީލުން ބަޑިން ހަމަލާދީ އެއްވި މީހުންގެ ތެރެއިން އެކަކު ޝަހީދު ކޮށްލީއެވެ.

ސިއްޙީ ވުޒާރާއިން ބުނެފައި ވަނީ އިއްޔެގެ އެއްވުމުގައި ޝަހީދު ވެފައި ވަނީ ޒަކަރިއްޔާ ޙަމައިލް ނަމަކަށް ކިޔާ ޒުވާނެއް ކަމަށާއި، އޭނާ ޝަހީދު ވެފައި ވަނީ އިޒްރާއީލުން ފޮނުވާލި އުންޑަ އޭނާގެ މެޔަށް އެރުމުން ކަމަށެވެ.

އިޒްރާއީލް ސިފައިންގެ ތަރުޖަމާނު ބުނެފައި ވަނީ، މިމައްސަލަ އިޒްރާއީލް އަސްކަރިއްޔާއިން މިހާރު ބަލަމުންދާ ކަމަށެވެ.

މެދުނުކެނޑި 11 ދުވަހުގެ ހަމަލާތަކަށް ފަހު އިޒްރާއީލާއި ޣައްޒާގައި ހަރަކާތްތެރިވާ ޙަމާސްއާއި ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ފާއިތުވި ހަފްތާގައި އާދެވިފައިވި ނަމަވެސް، އެސަރަހައްދަށް އަދިވެސް ހަމަޖެހުމެއް އައިސްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.