ޚަބަރު ފީތާ

ނަފްސަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް

ނަފްސަކީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ އަގުހުރި ބޮޑި އަމާނާތެކެވެ. އެއާއި މެދު ޤިޔާމަތްދުވަހުން ސުވާލުވެވޭނެ ނިއުމަތެކެވެ. އިސްލާމީ ޝަރީއަތުގައި ނަފްސުވަނީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ލައްވާފައެވެ.

އެހެން ކަމުން އަމިއްލަ ނަފަސައް އަނިޔާވެރި ވުން ވެސް އިންސާނާއަކަށް ނުވެއެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށާއި ފުރާނައަށް ގެއްލުންވާ އެންމެހައި ކަންތައްތަކުން ދުރުހެލިވެ އުޅުމަށް އެކަލާންގެވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާ އަމުރު ކުރައްވާފައެވެ.

ފުރާނައަކީ މާތްﷲގެ އަމާނަތަކަށް ވީ ފަދައިން އެ ފުރާނައަށް ރައްކާތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންްވާ ކަމެކެވެ. އަޅުގަނޑުމެންގެ މައްޗަށް ވާ ބޮޑު ޒިންމާއެކެވެ. ތިމާގެ ފުރާނަ އާއި ހަށިގަނޑަކީ ސަލާމަތްތެރިކަމާއެކު ބަލަހައްޓައި އެއަށް ފަރުވާތެރިވާން ޖެހޭ އެއްޗެއްކަމާއި ބޭނުން ނެތް ގޮތުގައި އެ ފުރާނަ ނަގާލުމަކީ ކިހާ ބޮޑު ފާފައެއްކަން ދެނެގަންނަށް ޖެހެއެވެ.

ތިމާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުން މިހާ ބޮޑު ފާފައަކަށްވީ ހިދު ފަހެ ދެން އެހެން އިންސާނަކަށް ގެއްލުމެއް ދިނުމުގެ ނުބައިކަން ނިކަން ވިސްނާލައްވާށެވެ.

ހަމަ ކަށަވަރުން ދިރިހުރުމުގެ ހައްގަކީ މާތްﷲ ކޮންމެ އަޅަކަށްވެސް ދެއްވާފައިވާ ހައްޤެކެވެ. އެ ހައްޤަށް އެއްވެސް އިންސާނަކު އަރައި ނުގަނެވޭނެއެވެ. އެހެން ކަމުން ނަފްސު ހިމާޔަތްކުރުމުގެ ގޮތުން ހައްޤަކާއި ނުލައި ގަސްތުގައި މީހެއްގެ ފުރާނަ ދުއްވާލައިފިނަމަ އިސްލާމްދީންގައިވަނީ އޭގެ ބަދަލެއްގެ ގޮތުން ގިސާޞް ކަޑައަޅުައްވާފައެވެ.

އިސްލާމްދީންގައި ނަފްސު ރައްކާތެރިކޮށް ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ސާބިތްކޮށްދެޭ އެހެންކަންތައްތައް ނުވަތަ ހުކުމްތަކުގެ ތެރޭގައި ކާބޯތަކެތީގެ ތެރެއިން މޮޅަ މަސްކެއުމާއި އޫރު މަސް ކެއުންވަނީ ހަރާމް ކުރައްވާފައެވެ. އަދި އިންސާނާގެ ނަފްސަށް ގެއްލުން ދެނިވި ހުރިހާ ކަމަކުން ދުރުހެލިވުމަށް އިސްލާމްދީން ގޮވާލައެވެ.

އަދި އިސްލާމް ދީނަކީ އިންސާނާގެ ނަފްސު ރައްކާތެރިކުރުމަށް އެންމެ ފުރިހަމަ ދީންކަން ހާމަވާ އަނެއް މިސާލަކީ އިސްލާމް ދީނުގައި މާ ބަނޑުމީހާގެ ފުރާނައަށް ގެއްލުމެއް ނެތްނަމަ ނުއުފަންނަ ކުޑަ ކުދިން އެބޯޝަން ކުރުންވެސް ވަނީ ހަރާންކުރައްވާފައެވެ. އެހެންކަމުން އިސްލާމީ ޝަރީއަތްވަނީ އިންސާނީ ނަފްސަށް އަމާންކަން ދެވިފައެވ

Like
Like Love Haha Wow Sad Angry
%d bloggers like this: