ޚަބަރު ފީތާ

ގޮވާ ތަކެއްޗާއެކު ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންއެއް ހަލާކު ކޮށްލައިފި

ޔަމަންގައި ހަރަކާތްތެރިވާ ހޫޡީ ޖަމާއަތުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި ގޮވާ ތަކެތި ހަރުކޮށްފައިވާ ޑްރޯނެއް ސައުދީ އަރަބިއްޔާއިން ހަލާކު ކޮށްލައިފި ކަމަށް އެ ޤައުމުގެ ރަސްމީ ނޫސް އޭޖެންސީ (އެސް.ޕީ.އޭ) އަށް މަޢުލޫމާތު ދެމުން ޢަރަބި އިއްތިހާދުން ބުނެފިއެވެ.

ނޫސް އޭޖެންސީއަށް އާންމު ކޮށްފައިވާ ބަޔާނެއްގައި އިއްތިހާދުން ބުނެފައި ވަނީ، ނިރުބަވެރި ހޫޡީންގެ ހަމަލާތައް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަބަދުވެސް އަމާޒު ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ހަމަލާތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ މާރޗްމަހު ވެސް ހޫޡީންގެ ޙަމަލާއެއް ސައުދީއަށް އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ. އެފަހަރުގެ ހަމަލާ ފޮނުވާލާފައި ވަނީ ސައުދީގެ ޖިޒާންއަށެވެ. އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް އެފަހަރު މީހުންގެ ކާރަށާއި އެހެން ބައެއް ތަކެއްޗަށް ވަނީ ހަމަލާ އަރައި ގެއްލުން ވެފައެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ގޮވާ ތަކެއްޗާއެކު ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންއެއް ހަލާކު ކޮށްލައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.