ފާއިތުވި 24 ގަޑި އިރު 1299 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ފާއިތުވި 24 ގަޑި އިރު 1299 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މި ޢަދަދުގެ ތެރޭގައި މާލެ ސަރަހައްދުން 799 މީހުންނާއި އަތޮޅުތަކުން 487 މީހުން ހިމެނޭ ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 13 މީހުން ވެސް ހިމެނޭ ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު60943 އަށް ވަނީ އަރާފަ އެވެ.
ފާއިތުވި24 ގަޑި އިރުގެ ތެރޭގައި 5167 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ގޮތުގައި 25419 އެބައޮތެވެ. އަދި 270 މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ނެވެ.
ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް ވަނީ 150 މީހުން ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/xxzuEmLSHJ
— Health Protection Agency (@HPA_MV) May 27, 2021