ޚަބަރު ފީތާ

މުމްބައިއިން ދުބައި އަށް އެންމެ ފަސެންޖަރަކާއެކު

ދާދި ފަހުން އިންޑިޔާގެ މުމްބާއިން ދުބާއިއަށް ދަތުރުކުރި އެމިރޭޓްސްގެ ފްލައިޓެއް ދަތުރުކުރަން ޖެހުނީ ހަމަ އެންމެ ފަސެންޖަރަކާއި އެކުއެވެ.

360 ފަސިންޖަރުންގެ ޖާގަ ހުންނަ ބޮއިންގ 300-777 ފްލައިޓްގައި އެންމެ ފަސެންޖަރެއް ގޮވައިގެން 3 ގަޑިއިރުގެ ދަތުރެއް ކުރަން ޖެހުން ވެގެން ދިޔައީ ފްލައިޓްގެ ކްރޫއިންނާއި އަދި ޕައިލެޓަށްވެސް ހައިރާން ކަމެއް ގެނުވި ކަމަކަށެވެ. އެފްލައިޓްގައި ދަތުރު ކުރުމަށް ހަމަޖެހިފައި ތިބި އެހެން ފަސިންޖަރުންގެ ތެރެއިން ބައެއް ފަސިންޖަރުން ފުރާ ދުވަސް ލަސްކޮށް، އަދި ބައެއް ފަސިންޖަރުން ފުރުން ކެންސަލް ކޮށްފައި ވަނީ މިހާރު އިންޑިޔާގައި އުފެދިފައިވާ ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅުގެ ސަބަބުން ގެއިން ބޭރަށް ނިކުމެވެން ނެތުމުންނެވެ. އީކޭ501 ފްލައިޓްގައި ދަތުރު ކުރި ހަމައެކަނި ފަސެންޖަރު ބާވޭޝް ޖާވެރީ ބުނެފައި ވަނީ، މިއީ ވަކިން ފްލައިޓެއް ޗާޓަރު ކޮށްގެން ދަތުރެއް ކޮށްލުން ކަހަލަ ކަމެއް ކަމުގައެވެ.

އޭނާގެ ފޭސްބުކްއަށް ޕޯސްޓު ކޮށްފައިވާ ވީޑިއޯއެއްގައި، ފްލައިޓެއްގައި އެކަނި ދަތުރު ކުރަން ލިބުމުން ކުރެވުނު އިހުސާސްއާއި އަދި ކުރެވުނު ތަޖުރިބާ ބާވޭޝް ވަނީ ދައްކާލާފައެވެ. އޭނާގެ ވީޑީއޯގައި، ހުސްކޮށް އޮތް މުމްބައި އެއާޕޯޓާއި ސެކިއުރިޓީ ބަލަހައްޓާ މީހުން، އަދި ފްލައިޓްގެ އެތެރެވެސް ވަނީ ދައްކާލާފައެވެ. ފްލައިޓަށް އޭނާ އެރުމުން ފްލައިޓް އެޓެންޑެންޓުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ވީޑީއޯގައި ފްލައިޓްގެ ޕައިލެޓު އައިސް އޭނާއާއި ވާހަކަ ދައްކާ މަންޒަރުވެސް ދައްކައެވެ. އާންމު ގޮތެއްގައި ފްލައިޓްގައި ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ދެނީ ފްލައިޓް އެޓެންޑެންޓުން ކަމަށާއި ނަމަވެސް އެފްލައިޓްގައި އެންމެ ފަސެންޖަރެއް ހުރުމުން މިފަހަރުގެ އިރުޝާދުތައް ދޭނީ ޚުދު ޕައިލެޓު އަމިއްލައަށް ކަމަށް ބުނެ، އޭނާއަށް ފްލައިޓްގެ ޓުއަރއެއް ވެސް ވަނީ ދީފައެވެ.

ބާވޭޝްގެ ފޭސްބުކެގައި ޕޯސްޓް ކޮށްފައިވާ މި ވީޑިއޯއަށް އެތައް ބައެއްގެ ތަރުހީބު ލިބި، އެތައް ބަޔަކު ވަނީ އެއަށް ކޮމެންޓުކޮށް ޝެއާވެސް ކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނެފައި ވަނީ އޭނާއަކީ ނަސީބު ރަނގަޅު މީހެއް ކަމަށާއި، އިކޮނޮމީ ކްލާސް ޓިކެޓެއްގައި ބޮޑު ފްލައިޓެއް ޗާޓަރ ކުރެވުނީ ކަމަށެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: