ކޮވިޑް-19: ރާއްޖެއިން އިތުރު 1004 މީހުން ފައްސިވެއްޖެ
ރާއްޖެ އިން މިއަދު އިތުރު 1004 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ފައްސިވި މީހުންގެ ތެރެއިން 835 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 153 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 12 އަދި ސަފާރީތަކުން ހަތަރު މީހުން މިއަދު ފައްސިވިއެވެ.
މިއަދު ކޮވިޑަށް 4030 މީހުންން ޓެސްޓު ކޮށްފައިވާއިރު، މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.
މޮއަދުގެ އަދަދާއި އެކު ރާއްޖެއިން މިހާރު މި ބައްޔަށް ފައްސިވެފައިވަނީ ޖުމްލަ 58،345 މީހުންނެވެ. ޖުމްލަ 34،159 މީހުން މި ބަލިން މިހާރު ފައްސިވެފައިވެއެވެ.
މިހާތަނަށް ކޮވިޑް ބަލީގައި ރާއްޖެއިން 144 މީހަކު ނިޔާވެފައިވެއެވެ.