އޭ ބުރޯ، ކޮބާ ކަލޭ.. ނެއްދޯ ކޮފީގަނޑެއްވެސް؟

އޭ ބުރޯ.. ކޮބާ ނެއްދޯ ކޮފީ ގަނޑެއް ވެސް..؟

ނޫނޭ.. ހަމަ ދާންވީ،!

އިޝްތިހާރު Below Header ad

މިއީ މިއަދު އަޅުގަނޑުމެންގެ ދިވެހި މި މުޖުތަމަޢުގެ ހާލަތެވެ. ހާއްސަކޮށް ޒުވާނުންނާއި މެދު އުމުރު ފުރައިގެ ގިނަ ފިރިހެނުންގެ ހާލަތެވެ. ކޮންމެ 24 ގަޑިއިރަކުން 12 ގަޑި އިރު ކޮފީ ހޭދަކުރަނީ ކޮފީ މޭޒުތައް ދޮށުގައެވެ. ވާނީ ވެސް އެހެން ތާއެވެ. އެންމެ ކުޑަމިނުން އެކަކު އަނެކަކުގެ ހާލު ބަލާލެވެނީވެސް ކޮފީއަކުންނެވެ. އެނޫން ގޮތަކަށް އަނގައިން ބަހެއްވެސް ބުނެލެވޭކަށް ވެސް ނޯވޭ ވިއްޔާއެވެ.

ހަޤީޤަތަކީ މިއީ އެވެ. އަޅުގަނޑުމެން ދިވެހިންނަކީ ގިނަވަގުތު ކޮފީ މޭޒުތަކުގައި ވަގުތު ހޭދަ ކުރަމުންދާ ބައެކެވެ. މާލެ އަށް ބަލައިލި ކަމުގައިވިއަސް އަދި އަތޮޅުތެރޭ ރަށްތަކަށް ބަލައިލި ކަމުގައި ވިޔަސް ކޮފީ މޭޒުތައް ފަޅުފިލުވާ މީހުންގިނައެވެ. މިބައިމީހުންގެ އިތުރު ޒިންމާއެއް ނެތީބާއޭ ވެސް ބައެއް ފަހަރު ހިތައް އަރައެވެ. ގައިމު ދިރިއުޅުމަށް ކުރާން ޖެހޭނެ ބައިވަރު ކަންތައް ވެސް ހުންނާނެ ނޫންހެއްޔެވެ. އެހެން ނަމަވެސް ކޮފީ މޭޒުތަކުން ނުފެންނަ ވަގުތެއް ހަމަ ނުދާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ކޮންމެ މީހަކުވިޔަސް ދިރިއުޅުމުގައި ކުރަން ޖެހޭ ގިނަ ކަންތައް ތަކެއް ޒިންމާތަކެއް ނޯވެ ނުދާނެއެވެ. އެކަމަކު ފެންނަ ފެނުމުން އިތުރު ޒިންމާއެއް މިބައިމީހުންގެ ބޮލުގައި އެޅިފައި  ނެއްކަހަލައެވެ.

މިފަދަ މީހުންގެ ދުވާލުދާ ހަތަރު ދަމު ކޮފީމޭޒުދޮށުގައި ތިބެގެން ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް ބާއޭ ވެސް ހިތައްއަރައެވެ. މަކުނު ފިނދުން ވާ ހުސްނުވާނޭ ބުނާ ބީދައިން ކޮފީ މޭޒުދަށުގައި ހަތަރުދަން ހޭދަކުރާ މީހުންގެ ވާހަކައެއްވެސް ހުހެއް ނުވާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިގޮތައް ގިނަވަގުތު ކޮފީގައި ތިބޭ ފިރިހެނުންނަކީ ދިރިއުޅުމުގައި މާ ކާމިޔާބު ބަޔަކަށް ނުވެއެވެ. އެމީހުންގެ އާމްދަނީގެ 50 އިން ސައްތަ ހޭދަކުރަނީ ކޮފީއަށެވެ. އޮފީހުގެ ގިނަ ފިރިހެނުން އޮފީހުގެ އުޓީގަޑި ދުއްވާލަނީ ކޮފީގައި އަނގަތަޅާ ވަގުތު ދުއްވާލުމުގައެވެ. ތިމާ ވަޒީފާ އަދާކުރާ އޮފީހުގައިވެސް ޒިންމާތަކެއް ނޯންނަ ކަހަލައެވެ.

މިފަދަ ބައެއް މީހުންގެ އަނބިން ބުނާ ގޮތުން އެފަދަ ފިރިހެނުންނަށް އޮފީހުގައި ކީއްކުރަން ގޭގައިވެސް އަދާކުރަން ޖެހޭ އެއްވެސް ޒިންމާއެއް ނުވެއެވެ. އެމީހުންގެ ޒިންމާއަކީ ކޮމީ މޭޒުތައް ފަޅު ފިލުވުމެވެ. ދަރިންގެ ކަމެއް އަނބިމީހާގެ ކަމެއް ގޭތެރޭ ކަމެއް އެފަދަ މީހުންނަކަށް ނޯވެއެވެ. ރައްޓިހިންނާއެކު ފޮނިބައިސާ ކަނޑަން ކޮފީ މޭޒުތައް ދޮށު ވަގުތު ހޭދަކުރުމުން ނޫން ޒިންމާއެއް ނޯވެއެވެ.

“ އަހަރެންގެ ފިރިމީހާ އޮފީހައްދަނީ ހެނދުނު. އޮފީސް ނިންމާފައި އައިސް ގެއަށް ވަންނައިރަށް ކޮންމެ ވެސް ރައްޓިއްސަކު ގުޅާނެ. ދެން އެވީ ކޮފީއަށް ދާން. އެދާ މީހާ އަންނާނީ އިރުއޮއްސޭ ފަހުން. އަނެއް ކާ އައިސް 5 މިނެޓުވެސް ގޭގައި މަޑުކޮށްނުލެވިގެން އުޅެނިކޮށް އަނެކަމު ގުޅާނެ ކޮފީއަށް ދާން. އެދާ މީހާ ގެއަށް އަންނައިރެއް ވެސް ގޭންގޭނެ. މިއީ އަހަރެންގެ ފިރިމީހާގެ ހާލަތަކީ. ދެން އެއްޗެކޭ ބުނާއިރަށް ކޮންމެވެސް މޮޅު ވާހަކައެއް ދައްކާ ހަމަޖައްސާލާނެ“. އަންހެނަކު ކިޔައިދިނެވެ.

މައްސަލަ އަކީ ކޮފީއަކަށް ދިއުމެއް ނޫނެވެ. ކޮފީވެސް ބޯލަން ޖެހެއެވެ. ރައްޓިހިންނާއި އެކު ވަގުތު ވެސް ހޭދަ ކުރަން ޖެހެއެވެ. ނަމަވެސް މައްސަލައަކީ އެކަމުގައި އޮންނަ އިމުން ބޭރުވުމެވެ. ހައްދުން ނެއްޓުމެވެ. ވިސްނާލަން ޖެހޭ ހަޤީޤަތަކީ ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ޖެހޭނެ ކަމެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ އަދާކުރަން ޖެހޭ އެހެނިހެން ވާޖިބުތަކެއް ވެސް އޮންނަން ޖެހޭނެ ކަމެވެ. މީހަކާ ކައިވެނިކޮށް ދަރިން ލިބިފައިިބޭ ފިރިހެނުން އެމީހުންގެ މައްޗަށްވާ އަނބިދަރިންގެ ހައްގުތަކެއް ވެސް އޮންނާނެކަން ދަންނަން ޖެހެއެވެ. މީހަކާނުއިނދެ ހުސްހަށިބައި ތިބޭ ޒުވާނުންވެސް އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ޒިންމާތަކެއް އޮންނާނެއެވެ. ނަމަވެސް ގިނަ ވަގުތު ތަކުގައި ކޮފީ މޭޒުތައް ދޮށުގައި ބޭކާރު އަނގަތަޅާ ގނަ ފިރިހެނުން މިކަމެއް ނުދަނެއެވެ. ސަމާލުކަމެއް ނުދެއެވެ.

ބުނަންހެއްޔެވެ. މުޅި ދުވަހުގެ ވަގުތު ތައް ކޮމީމޭޒުތަކުގައި ހޭދަކޮށް ބޭކާރު އަނގަތަޅާ ވަގުތުތައް ދުއްވާލުމަކީ ސަޅި ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާތަކަށް އިސްކަން ދީގެން މިފަދަ ކަންކަން އިސްލާހުކޮށްލާށެވެ. އޭގެ ބަދަލު ތިމާގެ އާއިލާ މެމްބަރުންނާއި އެކު ވަގުތު ހޭދަކޮށްލާށެވެ. ތި ބޭކާރު ޚަރަދުތައް ކޮށް ކޮފީމޭޒުތައް ފަޅުފިލުވުމަށް ވުރެ މާ ހިއްހަމަ ޖެހޭނެއެވެ. އުފާވެރިކަން އިހުސާސްވާނެއެވެ. ވިސްނާލާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.