އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު ބާއްވާ ތާރީޚު އިޢުލާން ކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބު 2021 ބާއްވާ ތާރީޚު އިޢުލާން ކޮށްފި އެވެ.

އެ ޕާޓީން ބުނީ މި އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވަނީ ސެޕްޓެމްބަރު 25 ގައި ކަމަށެވެ.

އިޝްތިހާރު Below Header ad

މިއިންތިޚާބުގައި ވާދަކުރެވޭނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން 8 މެއި 2021 ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް އެކަނި ކަމަށް ވަނީ ބުނެފަ އެވެ.

ޝަރުޠު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މި އިންތިޚާބު ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިމަހުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް ފަސްކުރުމަށް ނިންމީ، އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ، ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދާތީ އެވެ. އަދި މި ހާލަތުގައި އިންތިޚާބު ބޭއްވުން ރަނގަޅުކަމަށް ނުފެންނާތީ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 93،354 މީހުންނަށް ލިބިފައިވާ އިރު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުލުން ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މި އިންތިޚާބުގައި 455 މަގާމަކަށް މީހުން އައްޔަންކުރާނެ އެވެ. އޭގެތެރޭގައި ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެ އެވެ.

މީގެ އިތުރުން ދާއިރާ، ޕްރޮވިންސް އަދި ސިޓީތަކުގެ ސެކެރެޓަރީންނާއި ނައިބުންނާއި މީޑިއާ ސެކެރެޓަރީން ވެސް ހޮވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.