ވަރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ވަރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ވާރޗުއަލްކޮށް މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިބައްދަލުވުމަކީ، ދުނިޔޭގެ 194 ޤައުމަކުން، ސިއްޙަތާ ބެހޭ ވަޒީރުންނާއި ސިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. މިބައްދަލުވުމަކީ ސްވިޒަރލޭންޑްގެ ޖެނީވާގައި ކޮންމެ އަހަރަކުވެސް މީގެކުރިން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

އިޝްތިހާރު Below Header ad

މިއީ ކޮވިޑްގެ ޙާލަތާއި ގުޅިގެން ވަރޗުއަލްކޮށް ކުރިއަށް ގެންދާ 2 ވަނަ ބައްދަލުވުމެވެ. އަދި މި އަހަރުގެ ބައްދަލުވުމަކީ 8 ދުވަހުގެ މުއްދަތަށް، މިމަހުގެ 24 ން ޖޫން މަހުގެ 1 އަށް، (މެއި 30 ވާ އާދީއްތަ ދުވަސް ފިޔަވާ) ކޮންމެ ދުވަހަކު 3 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްދާ ބައްދަލުވެމެވެ.

Health 2

މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތް އަޙުމަދު ނަސީމްއެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަޙުމަދުއާއި މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި ޤަޢުމުތަކުގެ ވަޒީރުން ތަޤްރީރު ކުރެއްވުމަށް ޚާއްސަ ކުރައްވާފައިވާ މަޢުޟޫއަކީ “އެންޑިންގ ދިސް ޕެންޑަމިކް، ޕްރިވެންޓިންގ ދަ ނެކްސްޓް: ބިލްޑިންގ ޓުގެދަރ އަ ހެލްތިއަރ، ސޭފަރ އެންޑް ފެއަރަރ ވަރލްޑް” އެވެ. މިމަޢުޟޫގައި މިނިސްޓަރ އަޙުމަދު ނަސީމް 25 މެއި 2021 (އަންގާރަ) ދުވަހުގެ ވަގުތެއްގައި ތަޤުރީރު ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

Health 3

މި ބައްދަލުވުމުގައި ޞިއްޙީދާއިރާއިން ޚާއްޞަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ޞިއްޙީދާއިރާގެ މުހިންމު މައްސަލަތަކާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.

ޚާއްސަކޮށް ކޯވިޑްގެ މި ޙާލަތާއި ގުޅުވައިގެން ދިމާވާ ނަފްސާނީ ބަލިމަޑުކަމާއި، ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޯންސްއާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.