މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ ޖަލްސާތައް މާދަމާއިން ފެށިގެން އޮންލައިން ކުރިއަށް ގެންދަން ނިންމާފައިވާއިރު، އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް މަޖިލީހުގެ އިދާރާއިން ހަމަޖައްސަމުންދާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

އިޝްތިހާރު Below Header ad

މަޖިލީހުގެ އިދާރާއިން ޖަލްސާތަށް އޮންލައިންކޮށް ގެންދަން ނިންމާފައި މިވަނީ، މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ގެންދަން މަޖިލީހުގެ މެންބަރަކު ވެސް އެދިވަޑައިގެންފައިވަނިކޮށެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ނިންމީ، ކޮވިޑް-19 ގެ ބހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެންނެވެ.

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް އޮންލައިންކޮށް ގެންދިއުމަށް އެދިފައެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ޖަލްސާތަކެއް އޮންލައިން ކޮށް ކުރިޔަށް ގެންގޮސްފައިވާއިރު، އެފަހަރު އޮންލައިންކޮށް ޖަލްސާތައް ކުރިޔައް ގެންގޮސްފައިވަނީ އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑް ބަލި ފެނިގެން މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި 24 ގަޑިއިރު ކާފިއު ހިންގި ދުވަސްވަރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.