ދުވާލަކު 300 ޓެސްޓު ހެދޭ ގޮތަށް 4 އަތޮޅެއްގައި ކޮވިޑް ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރަނީ

ދުވާލަކު 300 ޓެސްޓު ހެދޭ ގޮތަށް 4 އަތޮޅެއްގައި ކޮވިޑް ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރަން ނިންމާފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ ޓެސްޓިންގ ކެޕޭސިޓީ އިތުރު ކުރަން ނިންމާފައިވަނީ ރ. ޅ. ލ އަދި ގދ އަތޮޅުގައި ކަމަށެވެ.

އިޝްތިހާރު Below Header ad

އެ އަތޮޅުތަކުގައި މިހާރު ކޮވިޑް ޓެސްޓު ކުރެވެން ހުރީ، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޅ. ނައިފަރު ގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

“އެ ހޮސްޕިޓަލްތަކުގެ ޓެސްޓިންގ ކެޕޭސިޓީ އިތުރު ކުރެވެން އޮތީ އިތުރު މެޝިންތަކާއި އިތުރު މުވައްޒަފުން ތަމްރީން ކުރެވިގެން. އެހެންވެ ސާމްޕަލް ޓެސްޓު ކުރުމުގައި ހަރަކާތްތެރިވާނެ ލެބޯޓްރީ ޓެލްނޮލޮޖިސްޓުންގެ ނަންތައް ފޮނުވަން މިހާރުވާނީ އަންގާފަ. މަބްރޫކް ވިދާޅުވި އެވެ.

މި ހަތަރު އަތޮޅުގެ ކޮންމެ ލެބޯޓްރީއެއްގައި ދުވާލަކު ކޯވިޑަށް ޓެސްޓު ކުރެވޭ ސާމްޕަލްގެ އަދަދު 300 އަށް އިތުރުވާނެ ކަމަށާއި މި މަސައްކަތް އެއްކޮށް ނިމެން ގާތްގަނޑަކަށް 45 ވަރަކަށް ދުވަސް ވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ކޯވިޑަށް ޓެސްޓު ކުރެވެނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، މާފަރު، ރ. އުނގޫފާރު، ބ. އޭދަފުށި، ދަރަވަންދޫ، ޅ. ނައިފަރު، މާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި އެވެ.

އެކަމަކު މީގެ ތެރޭގައި ގިނައީ ދުވާލަކު 300 ސާމްޕަލް ޓެސްޓު ކުރެވޭ މަދު ހޮސްޕިޓަލެވެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.