އިޒްރޭލަށް ތާއީދުކޮށް ޚިޔާލުފާޅުކުރި ހަނިމާދޫ ސްކޫލުގެ އިންޑިއާ ޓީޗަރު ފޮނުވާލައިފި

އިޒްރޭލަށް ތާއީދުކޮށް ޚިޔާލުފާޅުކުރި ހދ. ހަނިމާދޫ ސްކޫލުގެ އިންޑިއާ ޓީޗަރު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

އެ ސްކޫލުގެ ސެކްޝަން އިންޗާރޖުގެ ގޮތުގައި މަސައްކަތް ކުރާ އެބެންޒަ ސުކްމަރަން ނަމަކަށް ކިޔާ މި ޓީޗަރު އިސްރާއީލަށް ތާއީދުކޮށް ޚިޔާލުފާޅުކުރީ ސޯޝަލް މީޑިއާގަ އެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގައި ވަޒީފާ އަދާ ކުރާތާ ފަސް ވަރަކަށް އަހަރު ވެފައިވާ މި ޓީޗަރާއި ބެހޭގޮތުން ހަނިމާދޫ ސްކޫލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ޓީޗަރުގެ ފަރާތުން މީސް މީޑިއާގައި ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

“އެ ޓީޗަރު އެކަން ކުރީ، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އެސެމްބްލީގައި، ފަލަސްތީނާއެކު އެ ސްކޫލުގެ އެންމެން ވެސް ތިބިކަން ބުނެފައި ވަނިކޮށް. އެ ހަރަކާތަށް 24 ގަޑިއިރު ނުވަނީސް ސްކޫލްގެ ސްޓޭންޑާއި މުޅި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާ ޚިލާފަށް އެ ޓީޗަރު ހިންގި ދަށު ދަރަޖައިގެ އަމަލަކީ ސްކޫލުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ އަމަލެއް ނޫން.” އެ ސްކޫލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޓީޗަރު ސޯޝަލް މީޑިއާގައި ލިޔެފައިވަނީ  “އައި ސްޓޭންޑް ވިތް އިސްރާއީލް” އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.