ސޯސަންގެ ޕާކް، މިއުޒިއަމް ޕާކް އަދި ކާނިވާ ޕާކް ރައީސް ޔާމީން މިއަދު ހުޅުއްވައިދެއްވައިފި

މިއީ އައިލެންޑް އޭވިއޭޝަންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި ގުޅިގެން މާލޭގެ ތަފާތު ތިން ސަރަޙައްދެއްގައި ތަރައްޤީކުރި 3 ޕާކެވެ.

މި ޕާކްތައް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ކާނިވާ ސަރަޙައްދުގައެވެ. މި ޕާކްތައް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކާނިވާ ޕާކް ބައްލަވައިލައްވާފައެވެ.

އިޝްތިހާރު Below Header ad

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަދު ހުޅުވިގެން މިދިޔަ ތިން ޕާކަކީ، މި ވޭތުވެ ދިޔަ ދެ އަހަރާއި ބައިގެތެރޭގައި މާލޭގެ އެކި ސަރަޙައްދުތަކުގައި އިޖްތިމާޢީ ދުޅަހެޔޮކަން ޢުމްރާނީ ތަރައްޤީގެ ތެރެއިން ގެނައުމަށް ސަރުކާރުން ކުރައްވަމުން ދެންގަވާ މަސައްކަތައް އިތުރުވެގެން ދިޔަ އަގުހުރި ބޮޅެއްކަމުގައެވެ.

މި ރަސްމިއްޔާތުގައި ޕާކްތައް ތަރައްޤީކޮށްފައިވާ ގޮތުގެ ތިން ފޮޓޯ އަލްބަމެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވެދުމަށް އަރުއްވާފައެވެ.

މިއަދު ހަވީރު ބޭއްވެވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި ބައެއް ޢާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.