
އޮންލައިން ކްލިނިކްގެ ޚިދުމަތުގައި އޭޑީކޭއިން އެޗްޕީއޭ އަށް އެހީވަނީ
އޮންލައިން ކްލިނިކްގެ ޚިދުމަތުގައި އޭޑީކޭއިން އެޗްޕީއޭ އަށް އެހީވާން ނިންމާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
އެޗްއީއޯސީން މިކަން ހާމަކުރީ ކޮވިޑުގެ މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދަލުވީ ސިއްހީ ޚިދުމަތް ހޯދުމަށް އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް އޭޑީކޭ ހޮސްޕިޓަލާއެކު މަޝްވަރާކޮށް، އެކަން ހަމަޖެހިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެހެން ކްލިނިކްތަކާއެކުވެސް މިފަދަ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ކްލިނިކްތަކާއެކު އެއއްބަސްވެވި، އޮންލައިން ސިއްހީ ޚިދުމަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.



