ލ.އަތޮޅުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެމީހަކު ނިޔާވެއްޖެ

ލ.އަތޮޅުގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދެމީހަކު ނިޔާވެއްޖެއެވެ.

ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ ލ. ގަމު، މަތިމަރަދޫ އަވަށު މީހަކާއި. އެ އަތޮޅު މާވަށު މީހެކެވެ. އެ ދެމީހުންނަށްވެސް ފަރުވާ ދެމުން ދިޔައީ ގަން ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ގަން ރީޖަނަލް ހޮސްޕިޓަލުން އެޓޯލް ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮވިޑް ޖެހިގެން ނިޔާވީ އަންހެނަކާއި ފިރިހެނެއް ކަމަށާއި އަދި ނިޔާވި އަންހެން މީހާ އަކީ 69 އަހަރުގެ މީހެއް ކަމަށެވެ. އަދި ނިޔާވި ފިރިހެންމީހާ އަކީ 88 އަހަރުގެ މީހެކެވެ.

މި ދެ މަރާއި އެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީޙުންގެ އަދަދު ވަނީ 107 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ގައި 107 މީހަކު ނިޔާވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.