66 އަހަރުގެ މީހަކު ކޮވިޑު ބަލީގައި ނިޔާވެއްޖެ

ރާއްޖެއިން 66 އަހަރުގެ މީހަކު ކޮވިޑު ބަލީގައި ނިޔާވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިރޭ08:42 ގައި ނިޔާވެފައިވަނީ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 105 އަށް އަރާފަ އެވެ.

މިއީ ބަލީގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިއަދު ކުރިން ނިޔާވީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެކެވެ. ޑީއެޗް11 ގައި އެޑްމިޓްކޮށްފައިވާ މި މީހާ ނިޔާވެފައި ވަނީ މިއަދު 12:10 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން ނިޔާވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 33 މީހަކު ވަނީ އެބަލީގައި ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ، 2020 އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.