
މަޖިލިސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ސެކިއުރިޓީ ވަރުގަދަ ކުރީ މަޖިލީހަށް ތްރެޓެއް (ނުރައްކަލެއް) އޮތް ކަމަށް ރޭ ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށެވެ. އަދި މަޖިލިސް ޢިމާރާތާއި ޢިމާރާތުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މިހާރުވަނީ ވަރުގަދަ ކުރެވިފައި ކަމަށެވެ.
މިވަގުތުގެ ހާލަތަށް ބަަލައި، ސެކިއުރިޓީގެ ކަންކަން ބަލައްޓަމުން އަންނަކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއްވެސް ހިންމަގަމުން ނެވެ.



