ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 2459 އަށް

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް އިތުރު 2،459 މީހަކު ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އާދިއްތަ ދުވަހު 362 މީހުން ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން ވެކްސިންޖެހި 201 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 161 މީހުންނެވެ. މިއާއެކު ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 303،336 ށް އަރާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވެކްސިނުގެ ދެވަނަ ޑޯޒް ޖަހާފައިވާ 2،459 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖަހާފައިވަނީ 395 މީހުންނެވެ. އަދި އަތޮޅުތެރެއިން 2،064 މީހުން ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 145،372 ށް އަރާފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

ރާއްޖޭގައި ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. އެގޮތުން މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ކޮވިޑް އިން ރައްކާތެރި ވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.