ޚަބަރު ފީތާ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 103 ވަނަ މީހަކު ނިޔާވެއްޖެ

ފޮޓޯ: ވަންއޮންލައިން

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މި މަރާއި އެކު ކޮވިޑް ޖެހިގެން އިއްޔެ ނިޔާވި މީހުންގެ ދަދަތު ވަނީ5 އަށް އަރާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ، އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމުލަ އަދަދު ވަނީ 103 އަށް އަރާފައެވެ.

ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް އިތުރު ހަތަރު މީހަކު މި ބަލީގައި ނިޔާވެފައި ވެއެވެ.

މި މަހަކީ ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި މަހެވެ. މިމަހުގެ މިހާތަނަށް 30 މީހަކު ވަނީ ކޯވިޑް-19 ޖެހިގެން މަރުވެފަ އެވެ.

 

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކޮވިޑް-19 ޖެހިގެން ރާއްޖެއިން 103 ވަނަ މީހަކު ނިޔާވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.