ޚަބަރު ފީތާ

ސާމްޕަލްގެ ނަތީޖާ އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފި

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނަގާ ސާމްޕަލްގެ ނަތީޖާ އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ސާމްޕަލްތަކުގެ ނަތީޖާ އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް ހަދާފައިވަނީ ސާމްޕަލް ނުލިބި ލަސްވާ ކަމުގެ ޝަކުވާ ބޮޑުވުމުން ކަމަށެވެ.

ވަރަށް ގިނަ އަދަދެއްގެ ސާމްޕަލް އަދިވެސް ނުލިބިވާކަމަށާއި ނަތީޖާ ލިބުމަށް ފަހު އެންގުން ލަސްވާ ކަމުގެ ޝަކުވާވެސް އާންމުން ކުރާކަމަށެވެ.

މީގެ އިތުރުން މަބުރޫކް އަޒީޒު ވިދާޅުވީ ނެގޭ ސާމްޕަލްތައް އަވަހަށް ޕްރޮސެސްކޮށް ނަތީޖާ ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ސާމްޕަލްތަކުގެ ނަތީޖާ އެސްއެމްއެސް މެވެރިކޮށް ބެލޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ނަތީޖާ ލިބުން އަވަސް ވުމަށް ވަރަށް ބޮޑު ފަސޭހަ އަކަށްވާނެ ކަމަށެވެ.

ސާމްޕަލް ތަކުގެ ނަތީޖާތަށް ނުލިބި ލަސްވަމުން ދާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ސާމްޕަލްގެ ނަތީޖާ އެސްއެމްއެސް މެދުވެރިކޮށް ބެލޭނެ ގޮތް ހަދައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.