އައިސީޔޫގައި 15 މިހާހަކަށް ފަރުވާދެމުން އެބަދޭ: އެޗްއީއޯސީ
ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެޑްމިޓް ކޮށްގެން ފަރުވާ ދޭން މީހުންގެ އަދަދު އިތުރު ވެފައި ވާއިރު މިވަގުތު ވެސް 15 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.
އެޗްއީއޯސީން ބުނީ ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 15 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.
މީގެ އިތުރުން އެޗްއީއޯސީން ބުނީ މިވަގުތު 10 މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އޭގެ ތެރެއިން ޑީއެޗް 11 ގައި ފަސް މީހަކަށް ފަރުވާ ދެމުންދާކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނުވަ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންކަމަށާއި ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ ކަމަށްވެސް އެޗްއީއޯސީން ބުނެ އެވެ.
އެޗްއީއޯސީން މިހާރު ކުރިޔައްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 268 އަށް އަރާފައވާއިރު، މީގެ ތެރެއިން 191 މީހަކު އެޑްމިޓް ކޮށްފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށެވެ.
މީގެ އިތުރުން ޑީއެޗް 11 ގައި ހަ މީހަކަށް ޑީއެޗް 17 ގައި 8 މީހަކު އަދި ޑީއެޗް 16 ގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންދާކަމަށާއި އަދި ހުޅުމާލެ ހޮސްޕިޓަލްގައި 36 މީހަކަށް ދަނީ ފަރުވާ ދެމުންކަމަށް އެފަރާތުން ހާމަކުރެއެވެ.