ޚަބަރު ފީތާ

ކޮވިޑު ޖެހިގެން ރާއްޖެއިން 101 ވަނަ މީހާ ނިޔާވެއްޖެ

ކޮވިޑު ޖެހިގެން ރާއްޖެއިން 101 ވަނަ މީހާ ނިޔާވެއްޖެ އެވެ.

މިއީ މިއަދު ނިޔާވި ތިންވަނަ މީހާއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އަންހެނެކެވެ. އަދި އެއީ ޢުމުރުން 70 އަހަރުގެ މީހެކެވެ.

ރާއްޖޭގައި ކޮވިޑު ބަލީގައި މިހައިތަނަށް 28 މީހުން ނިޔާވެފައިވާ އިރު، މިއީ މި ބަލީގައި އެއް މަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ނިޔާވި މަހުއެވެ. މީގެތެރޭގައި ގިނައީ ޢުމުރުން ދުވަސްވީ ދިވެހީންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ނިޔާވި 101 މީހުންގެ ތެރޭގައި ހިމެނެނީ 90 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

Like
Like Love Haha Wow Sad Angry