ޚަބަރު ފީތާ

ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 100 އަށް އަރައިފި

މުޅި ދުނިޔޭގައިވެސް މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ޖެހިގެން ރާއްޖޭގައި 100 ވަނަ މީހާ ނިޔާވެއްޖެއެވެ.

“އެޓޯލް ނިއުސް” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ބަލީގައި ރޭ ފަތިހު ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ.

އިއްޔެވެސް ކޮވިޑް19 ޖެހިގެން ރާއްޖެއިން 4 މީހަކު ނިޔާވެފައިވާއިރު މިއީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ނިޔާވި 14 ވަނަ މީހާއެވެ. ކޮންޓްރޯލް ވުމެއްނެތި ބޮޑު ޢަދަދަކަށް މީހުން ފައްސިވެ ބަލި ފެތުރެމުންދާއިރު މިމަހު ޖުމްލަ 26 މީހުން ނިޔާވެ، މިހާތަނަށް މިބަލީގައި ނިޔަާވި މީހުންގެ ޢަދަދު މިވަނީ 100 އަށް އަރައިފައެވެ. އޭގެތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 13 ބިދޭސީންނެވެ.

ރާއްޖެއިން މި ބަލީގައި ނިޔަާވި އެންމެ ހަގު މީހާއަކީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ އުމުރުން 30 އަހަރުގެ ދިވެހި އަންހެނެކެވެ.

ِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މާތް ﷲ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ދެއްވާށިއެވެ. އަދި ސުވްރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އަދި މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ޓަކައި އެޗް.ޕީ.އޭއިންނާއި އާންމު ފަރުދުން ވެސް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 100 އަށް އަރައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.