
އދ.ގެ ސަލާމަތީ ކޮމެޓީގެ ގޮނޑިއަކަށް ރާއްޖެ ކުރިމަތިލައިފި
އެކަން އިޢުލާން ކޮށްފައިވަނީ އދ.ގައި މިހާރު ކުރިއަށްދާ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ އެންމެ އިސްވެރިޔާ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމްއެވެ.
ޢާންމު މަޖިލީހުގައި އެމަނިކުފާނު ރޭ ތަޤުރީރު ކުރައްވާފައިވާ އިރު، ރާއްޖެއިން ކުތިމަތިލާފައިވަނީ ސަލާމަތީ މަޖިލީހުގެ 2019 އިން 2020ގެ ދައުރުގެ މެންބަރު ކަމަށެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި 15 މެންބަރުބް ތިބޭއިރު، ރާއްޖެއިން ކުރިމަތިލަނީ އެޝިއާ ޤައުމުތައް ތަމްސީލުކުރާ މެންބަރެއްގެ ގޮތުގައެވެ. ރާއްޖެއާއެކު އިންޑޮނޭޝިއާވެސް އެގޮނޑިއަށް ވާދަކުރާ އިރު، މެންބަރަކު އައްޔަން ކުރުމަށްނަގާ ވޯޓުނެގުން އޮންނާނީ 2018ވަނަ އަހަރުއެވެ.
އދ.ގެ މެންބަރެއްގެ ގޮތުގައި 51 އަހަރު ރާއްޖެ ހޭދަކޮށްފައިވާ އިރު، މިއީ އެގޮނޑިއަށް ރާއްޖެ ކުރިމަތިލީ ފުރަތަމަ ފަހަރެވެ.



