ކަޝްމީރުގައި ފަލަސްތީނަށް ތާޢީދު ކުރުމުން ހައްޔަރު ކޮށްފި

އިންޑިޔާއިން ހިފާފައިވާ ކަޝްމީރުގައި ފަލަސްތީނަށް ތާޢީދުކޮށް އެއްވުމެއް ބޭއްވުމުން އިންޑިޔާ ސިފައިން ނިކުމެ އެއްވުމުގެ ބައިވެރިން ހައްޔަރު ކޮށްފިއެވެ. މި އެއްވުމުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިއަކާއި، ފަލަސްތީނަށް ޓަކައި ޝުޢޫރު ފާޅުކޮށް ކުރެހުމެއް ކުރެހި ގްރެފިޓީ އާޓިސްޓެއްގެ އިތުރުން 20 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ފަލަސްތީނަށް ތާޢީދުކޮށް ކުރެހުންތައް ކުރެހި އާޓިސްޓެއް ކަމަށްވާ މުދައްސިރް ޤުލް ބުނެފައިވަނީ، އިންޑިޔާ ސަރުކާރުން އާޓިސްޓުންގެ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާ ކަމަށެވެ. މުދައްސިރްގެ އަންހެން ކޮއްކޮ މުޒައްމިލް ފިރްދޯސް މީޑިއާއާއި ވާހަކަ ދައްކަމުން މުދައްސިރް ހައްޔަރު ކުރީ ކީއްވެތޯއާއި އޭނާގެ ކުށަކީ ކޮބައިތޯ، އަދި ސަރުކާރުން ކުރެހުންވެސް މަނާ ކުރީތޯ ވަނީ ސުވާލު ކޮށްފައެވެ. އިޒްރާއީލްގެ އަނިޔާވެރިކަމާ ދެކޮޅަށް މުޅި ދުނިޔެ ހޭލަމުންދާއިރު، އިންޑިޔާ މީހުންނަށް އަނގައިން ނުބުނެވޭ ކަމަށާއި، އަދި ކުރެހުމެއް ވެސް ކުރަހާލުމުގެ ހުއްދަ ނެތްކަމަށް ބުނެ، މިއީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯއާއި، ފަލަސްތީނަށް ޓަކައި ހިތާމަ ފާޅުކުރުމުގެ ހުއްދަވެސް ނެތީތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިރުމަތީ ޤުދުސްގެ އަވަށެއް ކަމަށްވާ ޝައިޚް ޖައްރާހް ހިފުމަށް ގަދަކަމުން އެ އަވަށަށް ވެރިވެގަތުމާއި އަދި ފަލަސްތީން މީހުން އެމީހުންގެ ގެތަކުން ގަދަކަމުން ނެރުމާއި ދެކޮޅަށް، އަދި މިހާރު ހުއްޓާނުލައި ޣައްޒާއާއި ވެސްޓް ބޭންކަށް އިޒްރާއީލުން ދެމުން ގެންދާ ވައިގެ ޙަމަލާތަކަށް ނުރުހުން ފާޅު ކުރުމުގެ ގޮތުންނާއި، ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން، ފަލަފްތީނުގެ ދިދަ ހިފައިގެން ކަޝްމީރްގެ ރައްޔިތުން އެއްވުން ބާއްވާފައި ވަނީ ފާއިތުވި ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހުއެވެ. ނަމަވެސް ކަޝްމީރްގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ވަނީ އެއެއްވުން ރޫޅާލައި އެއްވުމުގެ ތެރެއިން 20 މީހުން ވެސް ހައްޔަރު ކޮށްފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ދީނީ ޢިލްމުވެރިއެއް ކަމަށްވާ ސަރްޖާން ބަރްކަތީ ވެސް ހިމެނެއެވެ. ބަރްކަތީ ހައްޔަރު ކޮށްފައި ވަނީ، ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލައި، އަދި ފަލަސްތީނުގެ މީހުންނަށް ޓަކައި މިސްކިތުގައި ދުޢާ ކޮށްދިނުމުންނެވެ.

ފާއިތުވި އަހަރުތަކުގައި ވެސް ފަލަސްތީނަށް ތާއީދުކޮށް ކަޝްމީރުގެ އެކި ހިސާބުތަކުގައި އެކި ފަހަރުމަތިން ވަނީ އެއްވުންތައް ބާއްވާފައެވެ. އަދި ކަޝްމީރްގެ ވެރިރަށް ސްރީނަގަރްގެ މަގުތަކުގައާއި ފާރުތަކުގައި އަދި ފިހާރަތަކުގެ ދޮރުތަކުގައި ފަލަސްތީނަށް ތާއީދު ކޮށްފައިވާ ކުރެހުން ފެނުމަކީ އާންމު ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.