އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބްގެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރަންޖެހޭ ޢަދަދުތަށް އިއުލާންކޮށްފި

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތީން ރައީސުލުޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮންމެ ރަށު ކައުންސިލަކަށާއި އަތޮޅު ކައުންސިލަކަށާއި ސިޓީ ކައުންސިލަކަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގައިވާ ގޮތުގެ މަތީން އެ ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދާއި ދާއިރާތައް އާންމުންނަށް ފެންނާނެހެން ދިވެހިރާއްޖޭގެ ގެޒެޓް އަދި އިލެކްޝަނސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv  ގައި މިއަދު (22 އޮކްޓޯބަރ 2016) ވަނީ އާއްމު ކޮށްފައެވެ.

14 ޖެނުއަރީ 2017 ގައި ބާއްވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި 3 ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

އިޝްތިހާރު Below Header ad

މިފަހަރުގެ އިންތިޚާބުގައި ކޮންމެ ރަށު ކައުންސިލަކުން އިންތިޚާބު ކުރާނީ 3 ނުވަތަ 5 ކައުންސިލަރުންނެވެ. އެއީ 3000 އިން ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް 3 ކައުންސިލަރުން އަދި 3000 މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް 5 ކައުންސިލަރުންނެވެ. މިގޮތުން 5 ކައުންސިލަރުން އިންތިޚާބުކުރާނީ 13 ރަށެއްގައެވެ.

އަތޮޅޮ ކައުންސިލްތަކަށް އިންތިޚާބުކުރާނީ 2 އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްގައިނަމަ، ކޮންމެ އިންތިޚާބީ ދާއިރާއަކުން 1 (އެކެއް) ކައުންސިލަރެވެ. 2 އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅެއްނަމަ މުޅި އަތޮޅުން ވޯޓުލައިގެން ހޮވާ 3 ކައުންސިލަރުން ކައުންސިލުގައި ތިބޭނެއެވެ.

ސިޓީތަކުގައި އިންތިޚާބުކުރާނީ ކޮންމެ އިންތިޚާބީ ދާއިރާއަކުން 1 ކައުންސިލް މެންބަރެވެ. މިގޮތުން މާލެ ސިޓީގައި 13 މެންބަރުން އައްޑޫ ސިޓީގައި 7 މެންބަރުން އަދި ފުވައްމުލަކު ސިޓީގައި 3 މެމްބަރުން އިންތިޚާބުކުރާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.