ކޮވިޑް-19: މާލެއިން ފޮނަދުއަށް ދަތުުރުކުރި ބޯޓަކުން 4 މީހަކު ފައްސިވެއްޖެ
މާލެއިން ލ. ފޮނަދުއަށް ދަތުރު ކުރި އެރަށު ބޯޓަކުން ހަތަރު މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ.
ފޮނަދޫ ހެލްތު ސެންޓަރުން ވިދާޅުވީ އިއްޔެ މާލެއިން ފޮނަދުއަަށް ދަތުރު ކުރި އެރަށަށް ނިސްބަތްވާ މަތަންގީ ނަމަކަށް ކިޔާ މި ބޯޓުގެ 8 ފަޅުވެރިންގެ ފަރާތުން ބަލީގެ އަލާމަތްތައް ފެނި ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ނެގި މި ސާމްޕަލްތަކުގެ ތެރެއިން 4 މީހަކު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށެވެ.
ފޮނަދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދޭގޮތުގައި އެ ދޯނިން ކޮވިޑަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހީންނާއި ބިދޭސީއެކެވެ. އަދި ޓެސްޓު ކުރި ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފޮނަދޫ ހެލްތު ސެންޓަރުން ވިދާޅުވެއެވެ.