މާލޭގެ ބައެއް ސަރަޙައްދުތަކުން މިރޭ ފެން ކަނޑާލަނީ..

މާލޭގެ ބައެއް ސަރަޙައްދުތަކުން މިރޭ ފެން ކަނޑާލާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިރޭ ދަންވަރު 12:30 އިން ފަތިހު 3:00 އަށް މާލޭގެ ބައެއް ސަރަހައްދު ތަކުން ފެން ކަނޑާލުމަށް ނިންމާފައިވަނީ މާލޭގެ ވޯޓަރ ޑިސްޓްރިބިއުޝަން ސިސްޓަމްގެ މަރާމާތު މަސައްކަތް ކުރުމަށް ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން ފެން ކަނޑާލުމަށް ނިންމާފައިވަނީ އިސްކަންދަރުމަގު ޗާންދަނީ މަގާ ގުޅުނު ހިސާބުން ފެށިގެން ނިކަގަސް މަގާ ހަމަޔަށް ހިމެނޭ ސަރަހައްދާއި ނިކަގަސް ހިނގުން އިސްކަންދަރު މަގާ ގުޅުނު ހިސާބުން ފެށިގެން އަމީނީ މަގާ ހަމައަށް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އެ ސަރަޙައްދުތަކުން ފެން ކަނޑާލުމުން ޢާންމުންނަށް ދަތިވާނެ ކަމަށް ޤަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް މަސައްކަތް ކުރެވެން އަންނަނީ ފެން ކަނޑާލައިގެން ކަމަށްވާތީ އެނޫން ގޮތެއް ނެތް ކަމަށެވެ.

އަދި ފެން ކެނޑޭ ވަގުތަށް ތައްޔާރުވުމަށާއި އެކަމަށް ކުރިއާލާ ތައްޔާރުވެ ތިބުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.