ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ، ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ މިރޭ 10:45ގައި ކަމަށާއި، ހުރިހާ މެމްބަރުންނަށް ޖަލްސާގެ ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި މި ޖަލްސާ ބޭއްވުމަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބްދު ﷲ އެވެ.

އިޝްތިހާރު Below Header ad

ކުއްލި ގޮތަކަށް މިރޭ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް މިރޭ ދިން ނުރައްކާތެރި ޙަމަލާއާއި ގުޅިގެންނެވެ.

މިރޭ 9:00 ހާއިރު އެއްޗެއް ގޮއްވާލާފައި މިވަނީ ނީލޯފަރު ހިނގުމުން މަޖީދީ މަގާއިވީ ކޮޅުން އެމަނިކުފާނު ކާރަށް އަރައިވަޑައިންނަވަނިކޮށެވެ. މިހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.