އަލިފާން ރޯވި ބަރޯސާ ބޯޓުން ގެއްލިގެން ހޯދި މީހާގެ ހަށިގަނޑު ފެނިއްޖެ

މީގެ ދެ ދުވަސް ކުރިން އަލިފާން ރޯވި އާގުބޯޓު ބަރޯސާ އިން ގެއްލިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ކަމަށްބެލެވޭ މީހެއްގެ ހަށިގަނޑު އެ ބޯޓުގެ ތެރެއިން ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކ. ތިލަފުށީ ބޭރުގައި އަޅާފައި އޮއްވައި އަލިފާން ރޯވި އަލިފާން ގަނޑު މިއަދު ހެނދުނު 9:00 އެހައިކަންހާއިރު އެއްކޮށް ނިއްވާލާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާ މީހުން ބޯޓުގެ އެތެރެއަށް ވަދެ ބެލިއިރު، “ބަރޯސާ”ގެ ފަޅުވެރިންގެ ތެރެއިން ގެއްލިގެން އުޅުނު މީހާ ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ބޯޓުގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ގެއްލުންތަކެއް ލިބިފައިވާ އޭނާގެ ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވާ އިރު، ފުލުހުން ބުނީ އަނދާފައި އޮތް އިންސާނެއްގެ ކަށިތަކެއް ބޯޓުން ފެނިފައިވާ ކަމަށާއި އެ ހަށިގަނޑު މާލެ ގެނެސް ގަލޮޅު މޯޗަރީއަށް ލާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކަމުގެ އެއްވެސް ތަފްޞީލެއްވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަން އަދި ކަށަވަރުނުވާ ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.

ކުރިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބަރޯސާ ބޯޓުގައި 19 މީހަކު މަސައްކަތް ކުރާ ކަމަށާއި އަލިފާނުގެ ހާދިޘާގައި ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

ބަރޯސާ ބޯޓަކީ ރާއްޖެއިން ބޭރަށް މަސް ގެންދާ ބޯޓެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.