މިހާލަތަށް ދާންޖެހުނީ ސަރުކާރަށް އެކަށީގެންވާ މަސައްކަތް ނުކުރެވިގެން: އާދަމް ޝަރީފް

މިހާލަތަށް ދާންޖެހުނީ ސަރުކާރަށް މިކަމުގައި އެކަށީގެންވާ މަސައްކަތް ނުކުރެވިގެން ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު ކޮންޓްރޯލްނުވާ ހިސާބަށްގޮސް ފަރުވާދޭނެ ވަސީލަތްތައް ނެތި އެކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅު ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު Below Header ad

ނަމަވެސް މިހާލަތަށް ދާންޖެހުނީ ސަރުކާރަށް މިކަމުގައި އެކަށީގެންވާ މަސައްކަތް ނުކުރެވި، ތައްޔާރު ނުވެވުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

“ކޯވިޑް ފެސިލިޓީތަކާއި، ޓެސްޓް ކިޓްތަކާއި، ވެކްސިންވެސް މިއަދު ހުސްވާން ކައިރިވެފައިވާއިރު މިކަންކަމަށް އެއްވެސް ޕްލޭނެއްގެ ތެރެއިން މަސައްކަތް ނުކުރެވުނުމަކީ މިއަދު މިހާލަތަށް ދާންޖެހުނު އެއްސަބަބު.” އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލު އެޅުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި އެހެންއެނޫންނަމަ މިއަދު ރާއްޖޭގެ ހާލަތު އޮންނާނެ ގޮތެއްވެސް ދަންނަވަން ދަތިކަމަށެވެ.

ކޯވިޑްގެ ހާލަތު ގޯސްވެގެންދާ ހާލަތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މުއައްސަސާއަކީ ޕީޕީއެމް ކަމަށްވާއިރު ޕީޕީއެމްގެ އެހީތެރިކަން ސަރުކާރުން ބަލައި ގަންނަންޖެހޭކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.