ދިވެހި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ 3ވަނަ ބުރު ފަށައިފި

މިއީ މެލޭޝިއާގެ ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާނެ ދިވެހި ޕްރިންސިޕަލުންގެ ޢަދަދު އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ.

މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި މ، ފ، ދ، ތ އަދި ލ އަތޮޅުގެ ސްކޫލްތަކުގައި މަސައްކަތްކުރާ 27 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން އަދި ޓީޗަރުން ވަނީ ބައިވެރިވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ލީޑަރޝިޕް ވޯކްޝޮޕް އޮން އޮން ޕަރސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑަރސް ނަމުގައި ލ. ގަމު ގައި ހުންނަ ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގައި ކުރިއަށްދާ މި ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޔުނިޓަރ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ބޭފުޅުންނެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ މެނޭޖްމަންޓާއި ލީޑަރޝިޕްއާއި ގުޅުން ހުރި ދާއިރާތަކުންނެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރާއި ދެވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.  ފުރަތަމަ ބުރުގައި ފުވައްމުލައް، އައްޑޫސިޓީ ގދ، ގއ އަދި މާލެ އަތޮޅުން 32 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން އަދި ޓީޗަރުން ވަނީ ބައިވެރިވެފައެވެ.

އަދި ދެވަނަ ބުރުގައި ހއ، ހދ، ށ، ނ އަދި ރ އަތޮޅުން 30 ޑެޕިއުޓީ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން އަދި ޓީޗަރުން ބައިވެރިވެ ތަމްރީނު ވެފައިވެއެވެ.

ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތް %46 އަށް އަރާފައިވާ އިރު، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ޤާބިލު ލީޑިންގ ޓީޗަރުންގެ ކިބައިގާ ސްކޫލްތައް ހިންގުމުގެ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރެވި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ޢަދަދު އިތުރުވެގެން ދާނެއެވެ.

މި ތަމްރީނު ޕްރޮގްރާމްގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކޮށް މިނިސްޓްރީން އަންނަނީ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ.

އެގޮތުން ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ލީޑަރޝިޕް ސްކިލް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 115 ޕްރިންސިޕަލަކު މިއަހަރުގެ ތެރޭގައި މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އާއި ޔުނިޓަރ ޔުނިވަރސިޓީ  އާއިއެޤައުމުގެސްކޫލްތަކަށްޒިޔާރަތްކޮށްހިންގުމުގެ ދާއިރާއާއިބެހޭތަޖުރިބާއާއިމަޢުލޫމާތުވަނީހޯދާފައެވެ.

އަދި ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ ނަމުގައި މިއަހަރުގެ ތެރޭގައި ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާހަގަކޮށްލެވޭ ސުކޫލްތަކަށް ޕްރިންސިޕަލުން ޒިޔާރަތްކޮށް ސްކޫލް ހިންގުމުގައާއި ދަރިވަރުންގެ ނަތީޖާ އިތުރަށް ރަނގަޅުކުރުމުގައި އެ ސުކޫލްތަކުން ބޭނުންކުރާ ބެސްޓް ޕްރެކްޓިސް ވަނީ ތަޖުރިބާ ކޮށްފައެވެ.

ހަމަ އެއާއިއެކު، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން އަމަލުކުރާނެ އެއްގޮތްތަކެއް ކަނޑައަޅައި ލިޔެފައިވާ އަތްމަތީ ފޮތެއް ތައްޔާރުކޮށް ނެރެފައިވާ އިރު، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި ސްކޫލްތަކުން އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި ވަކި ވަކި އަތޮޅުތަކުގެ ހުރިހާ ޕްރިންސިޕަލުންނަށް ޚާއްޞަކޮށްގެން ސިލްސިލާ ބައްދަލުވުންތަކެއްވެސް އަންނަނީ ބާއްވަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.