ޕީޕީއެމް ކޯލިޝަންގެ “ދޭތިން އެކައްޗަށް” ހަރަކާތުން ގާނޫނީ ދެ ވަކީލުން ހައްޔަރުކޮށްފި

ޕީޕީއެމް ކޯލިޝަންގެ “ދޭތިން އެކައްޗަށް” ހަރަކާތުން ގާނޫނީ ދެ ވަކީލުން ހައްޔަރުކޮށްފި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ރާޣިބު އަހްމަދާއި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ހައްޔަރުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށްޓަކައި “ދޭތިން އެކައްޗަށް” ނަމުގައި ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުން މާލޭގެ މަގުމައްޗަށް ނުކުމެ ރޭ ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ނެވެ.

އިޝްތިހާރު Below Header ad

“ހައްޔަރުކުރެވުނު އަޅުގަނޑުމެންގެ ލީގަލް ޓީމްގެ ދެ ބޭފުޅުން ކަމުގައިވާ އުސްތާޒް ރާޣިބާއި އުސްތާޒް މޫސާ ފަތުހީ މިހާރުން މިހާރަށް ދޫކޮށްލުމަށް އަޅުގަނޑު ގޮވާލަން. އަދި އަޅުގަނޑުމެންގެ ސުލްހަވެރި އެއްވުމުގެ ތެރެއިން ހައްޔަރުކުރެވުނު އެހެން ބޭފުޅުން ވެސް މިހާރުން މިހާރަށް ދޫކޮށްލުމަށް އަޅުގަނޑު ގޮވާލަން،” ޝިޔާމް ވިދާޅުވި އެވެ.

“ގާނޫނީ ވަކީލުން ހައްޔަރު ކުރި ކުރުމަކީ އެއީ ރަނގަޅަށް ކުރި ކަމެއް ނޫން. އެ ދެ ބޭފުޅުން ދޫކޮށްލުމަށް ގޮވާލަން.” މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ކުރަމުންދިޔަ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ވަނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.