ބްލޫބެރީ މަފިންސް
- ބޭނުންވާނޭ ތަކެތި:
315 ގްރާމް ފުށް (ފުރާނާފަ)
90 ގްރާމް ހަކުރު (މުގުރާފަ)
2 ކުކުޅު ބިސް (ގިރާފަ)
250 މލ. ދިޔާ ކިރު
60 ގްރާމު ބަޓަރ
125 ގްރާމް ބްލޫބެރީ
2 މޭޒުމަތީ ސަމުސާ ކޮފީ ޝުގަރ ކްރިސްޓަލްސް ނުވަތަ ނުމުގުރާ ހަކުރުވެސް ބޭނުންކުރެވިދާނެ.
- ހަދާނެ ގޮތް:
ފުރާނާފަ ހުރި ފުށާއި މުގުރި ހަކުރު ކޭކުގިރާ ތައްޓަށް އަޅާ ރަނގަޅަށް އެއްކޮށްލައްވާށެވެ. އަދި އެހެން ބޯތައްޓެއްގައި ބިހާއި ކިރު އަދި ބަޓަރ ރަނގަޅަށް އެއްކޮށްލުމަށް ފަހު، ބްލޫބެރީ އެއްކޮށްލައްވާށެވެ. އެއަށް ފަހު، ކުރިން އެއްކުރި ފުށާއި މުގުރި ހަކުރާއި ބިހާއި ކިރާއި ބަޓަރ އަދި ބްލޫބެރީ އެއްކޮށްލައްވާށެވެ.
ދެން މަފިން އަޅާ ތަށިތަކުގައި ބަޓަރ ހޭކުމަށް ފަހު ގިރާފައި ހުރި މަފިން މިކްސް، ތަށިތަކަށް އަޅުއްވާށެވެ. ދެން ތަށިތަކުގެ މައްޗަށް ހަކުރު ބުރުއްސުމަށް ފަހު، 200 ޑިގްރީ ސެލްސިއަސް އާއި 400 ޑިގްރީ ފެރަންހައިޓްގައި 20 ނުވަތަ 30 މިނެޓު ވަންދެން ފިހެލާށެވެ. ރަނގަޅަށް ފިހެވުނީމަ އަވަނުން ނަގާ ހިހޫވުމުން ހުންނާނީ ކާން ތައްޔާރުވެފައެވެ.
މިބުނި ޢަދަދުން މަފިން ތަށިގެ ބޮޑެތި ތަށި ނަމަ، 8 ތަށި ތައްޔާރު ކުރެވޭނެއެވެ.