ޔޫއެއީން ހަނދަށް އުޅަދެއް ފޮނުވަނީ
ޔޫއެއީން ހަނދަށް އުޅަދެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އައިސްޕޭސް ކުންފުނިން ހާމަ ކޮށްފިއެވެ.
އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި އުޅަނދަކީ ހަނދާބެހޭ ގޮތުން ދިރާސާކުރުމަށް ޚާއްސަ ޖަޕާންގެ ކުންފުނި، އައިސްޕޭސްއާއި ގުޅިގެން ފޮނުވާ އުޅަނދެކެވެ.
ޔޫއޭއީން އެގައުމުގެ އިގްތިސާދު ފުޅާ ކުރުމުގެ ގޮތުން، ޖައްވީ ދިރާސާކުރުމުގެ ގާބިލްކަން އިތުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ އިރު، އެގައުމުގެ ޖައްވީ ޕްރޮގްރާމް ބޭނުންކޮށްގންެ، ޓެކްނޮލޮޖީއާއި ސައިންގެ ދާއިރާއިން ގާބިލްކަން އިތުރުކުރުމަށް މަސައްކަތް ވެސް އަންނަނީ މަސައްކަތް ކުރަމުން ނެވެ.
އެގައުމުގެ އިގްތިސާދު ތެލަށް ބަރޯސާވެފަ އޮންނަ އޮތުން ކުޑަކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުން ނެވެ.
އަރަބި ބައްރުން، ޖައްވަށް އެންމެ ފުރަތަމަ އުޅަދެއް ފޮނުވާފައިވާ ގަލްފުގެ ގައުމު ކަމުގައވާި ޔޫއޭއީން ފޮނުވި ޖައްވީ އުޅަދު ވަނީ މިއަހަރުގެ ފެބްރުއަރީމަހު، ޖައްވީ ޕްލެނެޓް މާރސްގެ އޯބިޓަށް ވަދެފައެވެ. އަދި މިއުޅަދުން މިހާރު ގެންދަނީ، މާސްގެ ޖައްވުގެ މައުލޫމާއި އަދި މޫސުމީ އެތަކެއް މައުލޫމާތެއްވެސް ބިމަށް ފޮނުވަމުންނެވެ.
”ރާޝިދު ލޫނާ ރޯވަރ” އުފެއްދުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައެވެ. ޔޫއޭއީން އެންމެ ފުރަތަމަ އަމާޒު ހިފާފައިވަނީ މިއުޅަދު 2024ގައި ޖައްވަށް ފޮނުވާލުމަށެވެ.
2010 ވަނަ އަހަރު އުފައްދާފައިވާ، ޖަޕާން އައިސްޕޭސް ކުންފުނީގެ މަގުސަދަކީ، ހަނދަށް ދަތުރުކުރުމުގެ ފުރުސަތު ވިޔަފާރީގެ އުސޫލުން ފަހި ކޮށްދިނުމެވެ. އަދި މުސްތަގުބަލުގައި ހަނދަށް ދަތުރުމުގެ މަޝްރޫޢު ފުޅާކޮށް، ހަނދަކީ ދުނިޔޭގެ އިގްތިސާދުގެ ބައެއްގެ ގޮތުގައި ހިމެނިގެން ދިއުމަކީ މި ކުންފުނީގެ މަގުސަދެކެވެ.
2022ގައި ހަނދަށް ފޮވުމަށް ހަމަޖެހިފައިވާ މި އުޅަދަކީ، އައިސްޕޭންއިން ކުރިަޔށް ގެންދާ މިބާވަތުގެ ފުރަތަމަ މިޝަންއެވެ. އަދި މި މިޝަންގައި، މި އުޅަދު ޖައްވަށް ފޮނުވާލުމަށް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ، އެމެރިކާގެ އެލޮން މަސްކުގެ ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓްއެވެ. މި ރޮކެޓް އުދުއްސާލުމަށް ހަމަޖެހިފައިވަނީ، އެމެރިކާގެ ފްލޮރިޑާއިންނެވެ.
ޔޫއޭއީން އެގައުމުގެ އަމިއްލަ ގާބިލްކަން އިތުރު ކުރުމަށްޓަކާ، ގައުމީ ސްޕޭސް ޕްރޮގްރާމް އިފްތިތާހު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި 2019 ވަނަ އަހަރުވަނީ، އެގައުމުން އެންމެ ފުރަތަަމަ ޖައްވަށް ދަތުރުކުރި ހައްޒާ އަލް-މަންސޫރީ ޖައްވީ ސްޓޭޝަނަށް ފޮނުވާފައެވެ. އަދި ޔޫއޭއިން މިޙާރު ގެންދަނީ، އެސްޓްރޮނޯޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެވުނު ފުރަތަމަ އަންހެން މީހާ ތަމްރީނު ކުރަން ފަށާފައެވެ.