ކޮވިޑް ވެކްސިން ޖަހައިދޭ ވަގުތު އިތުރުކޮށްފި

މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިން ޖަހައިދޭ ވަގުތު އިތުރު ކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ޖަހައިދޭ ވަގުތު އިތުރުކުރީ މާލެ ސަރަހައްދުގަައި އަދިވެސް ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ޖަހަން ޖެހޭތީ ކަމަށެވެ. އަދި ވަގުތު އިތުރުކޮށްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

ރަމަޟާން މަސް ފެށުމާއެކު މާލެ ސަރަހައްދުގައި ވެކްސިން ޖަހަމުން ގެންދިޔައީ ކޮންމެ ރެއެއްގެ ވެސް 9 ން 11 އަށެވެ. އެހެންނަމަވެސް މިހާރު މިވަނީ 45 އިތުުރުކޮށް، ކޮންމެ ރެޔަކު ވެސް 21:00 ން 23:45 އަށް ވެކްސިން ޖަހައިދޭން ނިންމާފަ އެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:

  • ސޯޝަލް ސެންޓަރު – 21:00 ން 23:45 އަށް
  • ނެޝަނަލް އާޓް ގެލަރީ 21:00 ން 23:45 އަށް
  • ރައްޔިތުންގެ މަޖްލިސް 21:00 ން 23:45އަށް
  • ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް) 21:00 އިން 23:45އަށް
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު 21:00 ން 23:45އަށް
    ސެނަހިޔާ 21:00 އިން 23:45 އަށް

ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވޭނެ ސެންޓަރުތައް:

  • ޓްރީޓޮޕް ހޮސްޕިޓަލް 21:00 އިން 23:00އަށް

ރޯދަމަހު ވެކްސިން ޖަހައިދޭނީ މަދު ވަގުތެއްގައިކަން މާކުރިން އެޗްޕީއޭ އިން އޮތީ އަންގައިފަ އެވެ. އަދި ރޯދައިގެ ކުރިން ވެކްސިން ޖެހުމަށް ވެސް އެދުނެވެ. އެގޮތަށް އެދުނަސް އޭގެ ކުރިން ވެކްސިން ސެންޓަރުތައް އޮތީ ގާތްގަނޑަކަށް ހުހަށެވެ. އެތަންތަނަށް ބާރުބޮޑުވީ ރޯދަމަސް ފެށެން އެއް ދުވަހަަށް ވުމުންނެވެ.ރާއްޖެއިން މިހާތަނަށް ވަނީ 273،660 މީހުން ވެކްސިން ޖަހާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.