އަބިންނަށް އެންމެ ހެޔޮ ބޭފުޅަކީ މުޙައްމަދު صلي الله عليه وسلم އެވެ.

އިންސާނުންގެ މެދުގައި ލޯތްބާއި ކުލުނު އޮތުމަކީ، ނުހަނު ބޭނުންތެރި ކަމެކެވެ. ދުނިޔޭގެ ޙަޔާތް އަމާން ކަމާއި އޮމާންކަމައެކު ހިނގަނީ، ދޭދޭ ފަރުދުންގެ ގުޅުން ހަމަހިނމޭންވީ މިންވަރަކަށެވެ. އެގޮތުން އެންމެ ފުރަތަމަ ގޭތެރޭގެ އަމާންކަން އޮމާންވެފައި އޮތުން މުހިއްމެވެ.

ޢާއިލާގެ ގުޅުން ފެށިގެން އަންނަނީ ދެމަފިރިއެއްގެ ކިބައިންނެވެ. އެދެމީހުންގެ ދެމެދުގައި ހެޔޮކޮށް ހިތުމުގެ ރޫޙު އޮވެއްޖެނަމަ، އޭގެ އެދެވޭ އަސަރު މުޅި ޢާއިލާއަށް ކުރާނެއެވެ. އެކަމަށްޓަކައި ކުރެވޭނެ އެންމެ ބޮޑު ކަމަކީ އަނބީންނަށް ހެޔޮވުމެވެ. އެކަނބަލުންނާއިމެދު އޯގާތެރި ވުމެވެ. ރަޙުމް ކުރުމެވެ.

އިޝްތިހާރު Below Header ad

މިފަދައިން ވެއްޖެ ކޮންމެ މީހަކީ އެންމެ ހެޔޮ މީހުންގެ ލިސްޓުގައި ހިމެނޭނޭ މީހެކެވެ. އެހެނަސް، އެ ލިސްޓުގެ އެންމެ ކުރިޔަށް ނޭރޭނެއެވެ. އަހުލުންނަށް އެންމެ ހެޔޮ ފަރާތަކީ މި އުންމަތުގެ މާތް ސާހިބާ މުޙައްމަދު ﷺ އެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “خَيْرُكُمْ خَيْرُكُمْ لِأَهْلِهِ، وَأَنَا خَيْرُكُمْ لِأَهْلِي” (صحيح الجامع). މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހެއްގެ އަހުލުންނަށް އެންމެ ހެޔޮމީހާއެވެ. އަދި ތިމަންކަލޭގެފާނީ އަހުލުންނަށް އެންމެ ހެޔޮމީހާއެވެ”.

ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ނަމޫނާ އާއިގެން ފޮނުވުނު މާތް ޞާޙިބާއަކީ މިއުއްމަތުގެ މާތް ޞާޙިބާ މުޙައްމަދު صلي الله عليه وسلم އެވެ. އެއީ އުންމަތުގެ އެންމެންދެކެ ލޯބިވާ ބޭފުޅެކެވެ. އެހެންކަމުން އަހުލުންނަށް ލޯބިކުރުމާއި އެމީހުންނަށް ހެޔޮކޮން ހިތުމުގައ ިވެސް އެކަލޭގެފާނު އެއީ އެންމެ ފުހިމަހަ ނަމޫނާއެވެ. އަޅުގަނޑުމެން ވެސް ބަލަންވީ އެފަދައިން ހެޔޮކަންކަމުގައި ވާދަކޮށް އިސްނަގާ ބަޔަު ކަމުގައިވުމަށެވެ.

_______________________

މިއަދަކީ ހުކުރު ދުވަހެވެ. ހުކުރު ދުވަހުގެ އެންމެ މާތް މަތިވެރި އެއް ކަމަކީ މުޙައްމަދު صلي الله عليه وسلم އަށް ޞަލަވާތް ކިޔެވުމެވެ.

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آل مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيد.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.