ޚަބަރު ފީތާ

މިއަދު (21 އޮކްޓޯބަރު 2016) ގެ ހުކުރު ޚުޠުބާގެ ޚުލާޞާ

ފޮޓޯ : އިންޓަނެޓް

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ އިސްލާމް ދީނުގެ ތިންވަނަ ރުކުން ކަމުގައިވާ ޒަކާތުގެ މައްޗަށެވެ.

الله سبحانه وتعالى އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިފާ ނިޢުމަތްތަކުގެތެރެއިން ތަނަވަސްކަމުގެ ނިޢުމަތް ފާހަގަ ކޮށްފައިވެއެވެ.. އެކަމުގެ ސަބަބުން އެމީހުން މުއްސަދިންކަމުގައިވީ ވާހަކައާއި އެކަމަށްޓަކައި الله سبحانه وتعالى އަށް ޝުކުރުވެރިވުމަށް ހަނދުމަކޮށްދީފައިވެއެ. އަދި الله سبحانه وتعالى މުސްލިމިންނަށް ދެއްވާފައިވާ މުދަލުން އަދާކުރަންޖެހޭ ޙައްޤުތަކެއްވާކަމާއި އޭގެތެރެއިން އެންމެ މުހިންމު ޙައްޤަކީ ޒަކާތް ކަމުގައިފާހަގަކޮށްފައިވެއެވެ. އަދިއެއީ ދަހިވެތިކަމުގެ ބަލިން ނަފްސު ޠާހިރު ކުރުމާއި ނަފްސުތަކަށް ދީލަތިކަން ދަސްކޮށްދިނުމާއި މުދާ ޠާހިރު ކުރުމާއި ތަނަވަސްކަމުގެ އަހުލުވެރިން މެދުވެރިކޮށް މުޖުތަމަޢުގަ އުޅޭ މުހުތާދުވެރިންގެ ބޭނުންތަށް ފުއްދައިދެއްވުމަށް ފަރުޟު ކުރެއްވިކަމެއްކަންވެސް މިއަދުގެ ޚުޠުބާގައިވަނީ އަލިއަޅުވާލާފައެވެ. އަދި މުދަލަކީ އިމްތިޙާނެއްކަމާއި މުއްސަދިން ފަޤީރުން މެދުވެރިކޮށް އަދި ފަޤީރުން މުއްސަދިން މެދުވެރިކޮށް އިމްތިޙާން ކުރައްވާކަން ފާހަގަކުރައްވާފއިވެއެވެ. އަދި ޞަދަޤާތާޢި ޒަކާތުގެ ސަބަބުން މުއްސަދިން ވާވެއްދުމަށް ޝައިޠާނާކުރާ މަސައްކަތަށް ސަމާލުވުމަށްވެސް ޚުޠުބާގައި ނަޞީޙަތް ދީފައިވެއވެ. ޤިޔާމަތް ދުވަހުން الله سبحانه وتعالى  އެ މުދަލުގެ ޙިސާބުބެއްލެވުމުގެ ކުރިން މިދުނިޔެމަތީގައި އަމިއްލައަށް ހިސާބުބަލައި އެއިން އަދާ ކުރަން ޖެހޭ މިންވަރު އަދާކުރުމަށް ސަމާލުވުމަށްވެސް ޚުޠުބާގައި ނަޞީޙަތް ދީފައިވެއެވެ. އަދިވެސް ޒަކާތް ވާޖިބުވަނީ ފަސްބާވަތަކުންކަމާޢި ޒަކާތުގެ ނިޞާބާއި ޒަކާތް ނެރެންޖެހޭގޮތްވެސް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. ޚުޠުބާ ނިންމާލަމުން ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް ޙާއްޞާ އޮފީހެއް ހުންނަ އިސްލާމީ ޤައުމެއްގައި ޒަކާތް ދެއްކުމުގެ ފަސޭހަކަމާއި އަމިއްލައަށް ޒަކާތް ބަހާނަމަ ސަމާލުކަން ދޭވީ ކަންކަމަށް ބެލުމަށް ނަޞީޙަތްދީފައިވެއެވެ.

މިއަދު މުޙައްމަދު ތަކުރުފާނުލް އަޢުޒަމުގައި ޚުތުބާ ދެއްވާ އިމާމްވެ ނަމާދު ކުރެއްވީ އައްޝައިޚް ހައިޘަމް މުޙައްމަދު އެވެ.

މިހާރު މުދަލު ޒަކާތުގެ ނިޞޯބަކީ 4212.60ރ

Rate this post