ޢީދު ނަމާދަށް ދިއުމުގައި ސަމާލުވާންވީ ކަންތައްތައް

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި ޢީދު ނަމާދަށް އައުމުގައި ސަމާލުވާންޖެހޭ ކަންތައްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކުރައްވައިފިއެވެ. މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން މި ދެ ނަމާދުގެ ތެރެއިން ކޮންމެވެސް އެއްނަމާދަކަށް އައުމަށް މިނިސްޓްރީ ގެ ފަރާތުން އިލްތިމާސް ކުރައްވައެވެ. އަދި އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނައުމަކީ މިނިސްޓްރީން ބާރު އަޅާ ގޮތްކަމުގައި ވަނީ ހާމަކުރައްވާފައެވެ.
އާ ޢާއްމު ޙާލަތުގެ ދަށުން މިސްކިތްތައް ހުޅުވުމުގެ ގޮތުން މިނިސްޓރީގެ ފަރާތުން ޢިލްތިމާސް ކުރައްވާފައިވާ ފަދައިން، ޢީދު ނަމާދަށްވެސް، ބޮޑެތި ބަލިތަކަށް ބޭސްކުރައްވާ ފަރާތްތަކާއި ފުއްޕާ މޭގަ މައްސަލަ ހުންނަ ފަރާތްތަކާއި، ދުވަސްވީ މީހުންނާއި، ބަލީގެ ޢަލާމާތެއް ހުންނަ ފަރާތްތަކުން މިސްކިތަށް ހާޟިރުނުވުމަށްވެސް އެދިލައްވައެވެ. ހަމަ އެހެންމެ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އަމިއްލަ މުސައްލައެއް ގެނައުމަށާއި، އަނެކާގެ މުސައްލަ މައްޗަށް މުސައްލަ ނޭޅުމަށާއި އެމީހެއްގެ މުސައްލަ މަތީގައި ހުރެގެން ނަމާދު ކުރެއްވުމަކީ މި ޙާލަތުގައި ބާރުއަޅާގޮތް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހާމަކުރައްވައެވެ. އަދި ކޮންމެ ބޭފުޅަކުވެސް މާސްކް އަޅައިގެން ވަޑައިގަތުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެދިލައްވައެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް މިނިސްޓްރީގެ ފަރާތުން ނިންމާފައިވާއިރު މާލެ ސިޓީގައި ޢީދު ނަމާދު ކުރުން މާލޭގެ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި ހަމަޖެހިފައިވާކަންވަނީ އަންގާފައެވެ. ނަމަވެސް އަންހެން ބޭފުޅުން ވަޑައިގެން ޢީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގެ އިސްލާމީ މަރުކަޒު، ވިލިމާލޭގެ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގެ މަސްޖިދުލް ޢަޒީޒާ މޫސާގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.