ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންގެ ވަފުދު ނައިބު ރައީސް އާބައްދަލުކޮށްފި

ސިވިލް ސަރވިސް ކޮމިޝަނުގެ ދަޢުވަތަކަށް ރާއްޖެއަށް މިހާރު ޒިޔާރަތްކޮށްފައިވާ ޗައިނާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރާ ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ ޕްރޮފެސަރުންގެ ވަފުދު ނައިބްރައީސް ޢަބުދުﷲ ޖިހާދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޗައިނާގެ 6 ޕްރޮފެސަރުންނާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ އެމްބެސެޑަރ ހިޒް އެކްސަލަންސީ މިސްޓަރ ވަންގ ފޫ ކާންގ އާއި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި ކޮމިޝަނުގެ ނައިބުރައީސް ޖަމީލާ ޢަލީ ޚާލިދު ބައިވެރިވެވަޑައިގަތެވެ.

އިޝްތިހާރު Below Header ad

ޗައިނާގެ ވަފުދު، ނައިބު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވީ އެމަނިކުފާނަކީ ކުރިން ސިވިލް ސަރވިސްގެ މެންބަރަކަށް އުޅުއްވިއިރު ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް އިން ތަމްރީނު ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވުމުން ޗައިނާ އާއި ރާއްޖެއާ ދެމެދު ސިވިލް ސަރވިސް ހަރުދަނާ ކުރުމުގައި އެއްބާރުލުން އިތުރުކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރުމާއި ނައިބުރައީސް އެކަޑަމީން ތަމްރީނު ލިބިވަޑައިގަތްފަހުން އެތަނަށް އައިސްފައިވާ ކުރިއެރުންތައް ނައިބު ރައީސާ ޙިއްޞާކޮށްލެއްވުމުގެ ބޭނުމުގައި ކުރި ޒިޔާރަތެކެވެ.

މިގޮތުން ބޭއްވުނު މަޝްވަރާތަކުގައި ޗައިނާގައި 70 މިލިޔަން ސިވިލް ސަރވަންޓުން މަސައްކަތްކުރާ ކަމަށާއި ދައުލަތުގެ މުވައްޒަފުންނަށް ޗައިނާއަށް ދަސްވެލުމުގެ ދަތުރެއްގައި މިހާތަނަށް 300 ފުރުޞަތު ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކޮށްދެއްވުމަށް ސީއޭޖީން މިފެށި މަސައްކަތް ހުއްޓާނުލާ ކުރިޔަށްއޮތް އަހަރުތަކުގައިވެސް ކުރިޔަށް ގެންދެވޭތޯ ބަލާނެކަމުގައި ޗައިނާގެ ވަފުދުގެ ލީޑަރު ނައިބުރައީސް އަރިހުގައި ދެންނެވިއެވެ.

މިބައްދަލުކޮށްލެވުމުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޒަމާނީ ހުނަރު ދަސްކޮށްދީ ތަމްރީނު ދިނުމާއި މަސައްކަތުގެ ޤާބިލުކަން އިތުރުކުރުމަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ސިވިލް ސަރވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓްގައި ޖާގަ ނެތުމާއި އަތޮޅުތެރެއިން ތަމްރީނު ވުމަށް މާލެއައިސް ތިބެވޭނެ ފަސޭހަގޮތްތަކެއް ނެތްކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ޖާގަ ތަނަވަސް ކުރުމާއި ތަމްރީނުވާން ދުރުން އަންނަ މުވައްޒަފުންނަށް ފަސޭހައިން އެ މަރުކަޒުގައި ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިކަމަކީ ސިވިލް ސަރވިސް ކޮމިޝަނާއި ސީއޭޖީ އާއިއެކު ފަހުމުނާމާ އެކުލަވާލައި ސޮއިކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައިވެސް މަޝްވަރާކުރެވިފައިވާ ކަމެއްކަމުގައިވާތީ، އެ މަޢުލޫމާތު  ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް  އިތުރު ތަފްޞީލާއެކު ޙިއްޞާކުރެއްވިއެވެ.

ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ޗައިނާގެ ސަރުކާރުން ދެއްވާ ދީލަތި އެހީތައް ފާހަގަކުރައްވާ މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް ޗައިނާގެ އެމްބެސެޑަރަށާއި ޗައިނާ ސަރުކާރަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރެއްވެވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.