މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓް ފާސްކުރުން

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރުމަށް ނިންމައިފިއެވެ.

ޢާންމުގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ބާއްވަމުން އައި ނަމަވެސް މިހަފްތާގައި ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމާ މެންބަރުންނަށް ޖަލްސާގެ ނޯޓިސް ފޮނުވުމަށްފަހު މަޖިލީހުގެ ވެބްސައިޓްގައި ޖަލްސާގެ އެޖެންޑާވެސް ވަނީ ޢާންމުކޮށްފައެވެ.

އިޝްތިހާރު Below Header ad

މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ މާދަމާގެ ޖަލްސާއަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2017 ވަނަ އަހަރު ބަޖެޓް، މާލިއްޔަތު ކޮމެޓީން ދިރާސާ ކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް އެޖެންޑާކޮށްފައި ކަމަށާއި މާދަމާގެ ޖަލްސާގައި ރިޕޯޓަށް ބަހުޘް ކުރުމަށްފަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް ވޯޓަށް އެހުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

އަދި މާދަމާގެ ޖަލްސާއަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2017 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް ބާއްވާ ޖަލްސާއެއްކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރުގެ ބަޖެޓަށް 60 މިލިއަން ރުފިޔާ ހުށައަޅާފައިވީ ނަމަވެސް އެ ޢަދަދަށް ފައިސާ ދޫނުކުރެވޭނެ ކަމަށް ފިނޭންސް މިނސްޓަރ ވަނީ ވިދާޅުވެފައެވެ. އަންނަ އަހަރަކީ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ އަހަރެއްކަމަށާއި އޮޑިޓް އޮފީހަށް ބަޖެޓްގެ ގޮތުގައި ދެވޭނެކަމަށް ބެލެވެނީ 42 މިލިއަން ރުފިޔާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުންވެސް ވަރަށް މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އަންނަ އަހަރު ރާއްޖޭގެ ގިނަ ކައުންސިލްތަކެއް އޮޑިޓް ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިއަތު ވަނީ ވިދާޅުވެފައެވެ.

މާދަމާ ހެނދުނު 09:00 ގައި ފެށުމަށް ތާވަލު ކޮށްފައިވާ މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ހުށައަޅުއްވާފައިވާ ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ބިލާއި ދިވެހިރާއްޖޭގެ ޓްއަރިޒަމާއި ބެހޭ ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ބިލްގެ އިބްތިދާއީ ބަހުސް ފެށުމަށްވެސް ވަނީ ތާވަލު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.