ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން ބްރޯޑްކޮމްއަށް ޒިޔާރަތް ކުރައްވައިފި

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒިޔާރަތްކުރައްވާ މެންބަރުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފަށް މަރުހަބާ ދަންނަވައި، ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ދެއްކެވި ވާހަކައިގާ އިބްރާހިމް އަފީފު 2014 ވަނަ އަހަރުވެސް އެ ކޮމިޝަނަށް ޒިޔާރަތެއް ކުރައްވާފައިވާކަން ފާހަގަ ކުރައްވާ، އަދި މިއަދުވެސް ކޮމިޝަނަށް ޒިޔާރަތް ކުރެއްވީތީ ޝުކުރުއަދާ ކުރެއްވިއެވެ.

އިޝްތިހާރު Below Header ad

އަދި ސީޝެލްސްގެ މީޑިއާ ކޮމިޝަނުން އިންތިޒާމު ކޮށްގެން 2014 ވަނަ އަހަރު ސީޝެލްގެ މާހޭގައި ބޭއްވި އެޑިޓަރސް ފޯރަމްގައި ބައިވެރިވުމަށް ދަޢުވަތު ދެއްވައި، ފޯރަމްގައި ދެއްވި މެހެމާންދާރީއަށްވެސް ކޮމިޝަންގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މީޑިއާގެ ޙާލާތާއި ހުރި ގޮންޖެހުންތަކާއި ދާއިރާގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

އަދި ކޮމިޝަނުގެ ތަޢާރަފާއި ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭ ޕްރެޒެންޓޭޝަނެއްވެސް މި ބައްދަލުވުމުގައި ހުށަހެޅިއެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ޗެއަރމަން އަދި ސީއީއޯ އިބްރާޙީމް އަފީފަކީ އައްޑޫސިޓީގެ ޝަޚުޝައްޔަތެއް ކަމުގައިވާ ޢަބްދުﷲ ޢަފީފުގެ ދޮށީ ދަރިކަލުންނެވެ. ސީޝެލްގައި ދިރިއުޅުއްވާތާ 50 އަހަރަށްވުރެ ގިނަވެފައިވާ އިބްރާހިމް ޢަފީފު، ސީޝެލްސްގެ މީޑިއާ ކޮމިޝަންގެ ސީއީއޯ މަޤާމާއި 2009 ވަނަ އަހަރު ޙަވާލުވެވަޑައިގަތުމުގެ ކުރިން، އެ ޤައުމުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމު 17 އަހަރު ވަންދެން ވަނީ އަދާކުރައްވާފައެވެ.

seacells-2

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.