
ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން ޚާއްޞަ ޕްރޮގްރާމްތަކެއް
ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން ޚާއްސަ ހަރަކާތް ތަކެއް ހުކުދުވަހާއި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިގޮތުން ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ހުކުރު ދުވަހު ހަވީރު 16:00 17:45 އިސްލާމިކް ފެއަރ އެއް އިސްލާމީ މަރުކަޒު މާބްލް އޭރިޔާގަ އޮންނާނެއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ޕެނަލް ޑިސްކަޝަންއެއް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ޕެނަލް ޑިސްކަޝަންގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ބައިވެރިވެ ވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.



