
ފިއުޗަރ އިމާމް މުބާރާތް ފަށައިފި
އ.ދ. މަހިބަދޫ، ތަންޒީލް ޤުރްއާންގެ ފަރާތުން ބާއްވާ ފިއުޗަރ އިމާމް މުބާރާތް ފެށިގެން ކުރިޔައް އެބަދެއެވެ.

މި މަހު 21 ގައި ފެށިގެން ކުރިޔައްދާ މި މުބާރާތުގައި ބަންގި ގޮވުންފަދަ އިމާމަތު ކަމަށް ބޭނުންވާ ތަމްރީނުތަށް ދެވިފައިވާ ކުދިން އިމްތިޙާނު ކުރެވެމުން ދާނެއެވެ.
މިފަދަ މުބާރާތްތަށް ދަރިވަރުންގެ މެދުގައި ބޭއްވުމުން އެކުދިންގެ ހިދުގައި ދީނީ ލޯބި އުފެދި ދީނުގެ ފަރާތަށް ޢަމަލުތަށް ބެހެއްޓުމަށް ހިތްވަރު ލިބެއެވެ.



