އަމާޒުު: ބޮޑުވެގެންވާން ބޭނުންވަނީ ނަބިއްޔާ صلى الله عليه و سلم ފަދައިން!

ބަވަނަވަމުންމިދާ ދުނިޔޭގެ އަދުގެ މައިބަފައިން ދަރިންނާ ދޭތެރޭ ފޮނި އުންމީދުތައް ގެންގުޅެއެވެ. އެގޮތުން މި ދުނިޔޭގައި އެބަޔެއްގެ ދަރިންނަކީ ކިޔަވައިގެން ތިބި, ރަނގަޅު އާމްދަނީއެއް ލިބޭ, ބޮޑު މަޤާމެއްގައި ހުރި މީހަކަށް ހެދުމަށް ގިނަ ބެލެނިވެރިން ގަދަ އަޅާ މަސައްކަތް ކުރެއެވެ. އަދި ތިބާގެ ދަރިއަކީ ޑޮކްޓަރެއް، ނަރުހެއް، ޕައިލެޓެއް ނޫނީ ޤައުމުގެހިދުމަތް ތެރި ސަފުގައި މަސައްކަތް ކުރާ މީހަކަށް ހެދުމަށް މަސައްކަތް ކުރެއެވެ. އަދި މި އަމާޒަކީ އެއްވެސް ހާލެއްގައި ގޯސް އަމާޒެއްވެސް ނޫނެއެވެ.
ނަމަވެސް މިއަދު ވިސްނަލާންޖެހޭ އެއް ކަމަކީ އަޅުގަނޑުމެންގެ ދަރިންނަކީ ހުލްޤު ހެޔޮ، ކަމޭހިތާ، ރަނގަޅު ސިފަތަކެއް ލިބިފައިވާ ކުދިންތޯއެވެ. އަދި މާތް ނަބިއްޔާ صلى الله عليه و سلمގެ ސުންނަތައް އަމަލުކުރާ ކުދިންތޯއެވެ. މިފަދަ ރިވެތި އާދަތައް ހަރުލެއްވުމަށްޓަކައި ރަސޫލާ މުހައްމަދު صلى الله عليه و سلم ނޫން އިތުރު ބޭފުޅެއްގެ ނަމޫނާ ނެގޭނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
ދަރިންނާއި ދޭތެރޭ ފޮނި އުންމީދުތައް ކުރަމުންއަންނައިރު، ދަރިންނަކީ ނަބިއްޔާ صلى الله عليه و سلمގެ އިރުޝާދުފުޅުތަކަށް ތަބާވާ އަދި އެކަލޭނގެފާނު މިސާލަކަށް ނަގާ ކުދި ބަޔެއްގެ ގޮތުގައި ބޮޑުކުރަންވެސް އެބަޖެހެއެވެ. އެގޮތުން ތިބާގެ ދަރިފުޅުގެ އަމާޒަކީ މި އުއްމަތުގެ މާތް ނަބިއްޔާ صلى الله عليه و سلم ފަދަ މީހަކަށް ވުމަށް ކަމަށްވެސް އެބަ ހަދަން ޖެހެއެވެ.
ސަބަބަކީ ދަތިތަކާއި އުނދަގުލުގައިވެސް ކެތްތެރިވެވަޑައިގަތުމުގެ އެންމެ ރިވެތި ނަމޫނާއެއް ދެއްކެވި މާތް ސާހިބާއަކީ صلى الله عليه و سلم ކަމުގައި ވާތީއެވެ. އަދި ފަޤީރުންނާއި މިސްކީނުންނަށް އަޅާލުމުގައިވެސް އެންމެ ރިވެތި ނަމޫނާއެއް ދެއްކެވި ބޭކަލަކީ މި އުއްމަތުގެ ނަބިއްޔާ صلى الله عليه و سلم ކަމުގައި ވާތީއެވެ.

އަދި ދަރިން ނަމާދު ފަދަ އަޅުކަންތަކުގައި ޝަމީލްވާއިރު، ނަބިއްޔާ صلى الله عليه و سلم ނަމާދު ފަދަ އަޅުކަންތަކުގައި އަމަލްފުޅުތައް ބެހެއްޓެވި ގޮތައް ބެހެއްޓުމަކީ އެ ކުދިންގެ އާޙިރަތް އުޖާލާވާނެ ކަމެއްގެ ގޮތުގައި ވާނެތީއެވެ.

އިޝްތިހާރު Below Header ad

މީގެއިތުރުން އަވައްޓެރިންނާއި އަޚުންނާއި އުޚުތުންނަށް އަޅާލެެއްވުމުގަަައި ނަބިއްޔާ صلى الله عليه و سلمގެ ނަމޫނާ އަށް ބަލެން މުހިންމުވާތީއެވެ.

އަޅުގަނޑުމެންގެ ވެރި އިލާޙުު, ﷲ تعلى އަޅުގަނޑުމެންނަށް ނަމޫނާއަކަށް ފޮނުއްވެވި ނަބިއްޔާ صلى الله عليه و سلم ނޫނީ އިތުރު ބޭކަލެއް ނަމޫނާއެއް އަޅުގަނޑުމެނަށް ނެގޭކަށް ނެތެވެ. މާތް ﷲ ވަނީ ނަބިއްޔާ صلى الله عليه و سلم ހުރިހާ ކުއްފާފަތަކުން ދުރުހެލިކުރައްވާފައެވެ. އަދި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިން މި ބިންމަތީގައި ކުއްތަކުން ދުރުހެލިވެ، އެހެންކަމުން ކުއްތަކުން ތަޢުބާވުމަށް ލޮބުވެތި މާތް ނަބިއްޔާ صلى الله عليه و سلم ނަމޫނާފުޅަށް ބަލަން ޖެހެއެވެ.

އަލް އަހްޒާބް ސޫރާތް ﴿21﴾ لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا
ހަމަކަށަވަރުން، اللَّهގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّهގެ ދަރުމައާއި، آخرةގެ ثوابއަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.
އަލް ފަތްޙު ސޫރަތް ﴿29﴾ مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا
محمد ގެފާނީ، اللَّهގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّهގެ حضرةން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوعކޮށް سجدةކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدةގެ أثرން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراةގައިވާ، އެއުރެންގެ مثالއެވެ. އަދި إنجيل ގައިވާ، އެއުރެންގެ مثالއޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائبކޮށް حيران ކުރުވަމުންނެވެ. އެއުރެންދެކެ، كافرން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمانވެ صالح عملތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ.

އަޅުގަނޑުމެން އެންމެންގެ ދަރިން މާތް ނަބިއްޔާ މުހައްމަދު صلى الله عليه و سلم ފަދައިން ވުމަށް އަޒްމް ކަނޑައަޅަންވާނެއެވެ. އަދުގެ ދިވެހި ޖީލާއި ކުރިޔަށް އޮތް ޖީލަކީ ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه و سلمގެ ސުންނަތުގެ އަލީގައި ދިރިއުޅުން ބައްޓަން ކުރާ ކުދި ބަޔަކަށް ވޭތޯ ދުޢާ ކުރަމެވެ. އާމީން!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.