ދަރިން ހޭލައްވަންވީ ފަތިސް ނަމާދަށް، ސްކޫލަކަށް ނޫން!

މިއަދު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ޝެޝަންތައް ބައްޓަންކޮށްފައިވާގޮތުން، ހެދުނު ދަންފަޅީގެ ޝެޝަންތައް ފެށޭ ގަޑިއަކީ 7:00، އަދި ސްކޫލްތަކުގެ ގޭޓްތައް 6:45 އަކުން ފެށިގެން ހުޅުވިފައިހުރެއެވެ. މިފަދަ ގޮތަކަށް ސްކޫލްތަކުގެ ގަޑިތައް ހަމަޖެހިފައިވާއިރު، ގިނަ ބެލެނިވެރިން އެންމެ އިސްކަންދޭ އެއް ކަމަކީ އެމީހެއްގެ ދަރިފުޅު ގަޑިއަށް ސްކޫލަށް ހާޒިރުކުރެވޭތޯ ބެލުމެވެ. މިކަން ހާސިލްކުރުމަށްޓަކައި ގޭގައި ބޭނުންކުރާ ފޯނުތަކާއި، އެލާމް ކުރަން ގެންގުޅޭ ގަޑިތަކުގެ އެލާމް ސްކޫލަށް ގަޑިނުޖެހޭވަރަށް ”ސެޓް“ ކުރެއެވެ. އަދި ސްކޫލަށް ދާން ދަރިފުޅު ނޫނީ ދަރިން ތައްޔާރުކުރާ ވަގުތުވެގެން ދަނީ ގޭގެތެރޭގައި މާހައުލު ހަލަބޮލިވެ، އެންމެން ތައްޔާރުވަމުންދާ ވަގުތަކަށެވެ.

ކަންމިހެން އޮތްއިރު، ގިނަ ބެލެނިވެރިންގެ ސިކުނޑިތަކުން ކައްސާލާއެއް ކަމަކީ، ސްކޫލަށް ގަޑިޖެހުމުގެ ގަޑިއިރެއް ނޫނީ ދެ ގަޑިއިރު ކުރިއަކީ އަހަރަމެން މުސްލިމުން ފަތިހުގެ ބަގިދިނީމާ ހޭލަންޖެހޭ ވަގުތުކަމެވެ. އަދި އެ ނަމާދަކަށް ހާއްސަ އަހަންމިއްޔަތު ކަމެއް ލިބިފައިވާ ފަތިސް ނަމާދަކީ، ދުވަހުގެ އެހެން ނަމާދު ތަކެކޭ އެއްފަދައިން ވަގުތަށް ކުރުން ވާޖިބު ނަމާދެއް ކަމެވެ. ގިނަ ބެލެނިވެރިން ފަތިސް ނަމާދަށް ހޭލި ކަމުގައި ވިޔަސް، ގޭގައި ތިބޭ ސްކޫލަށް ދާ އުމުރުގެ ބޮޑުވެފައިވާ ދަރިން ހޭލެއްވުމަށް އެހާ ބޮޑު ސަމާލުކަމެއް ނުދެއެވެ.
މިއަދު ދިވެހި މުޖުތަމައުގައި މިފަދަ އާދައެއް ހަރުލާފައިވާއިރު، އެމީހެއްގެ ދަރިފުޅު ސްކޫލަށް ދިޔުމުގެ ކުރިން ފަތިސް ނަމާދަށް ހޭލެއްވުމަށް އިސްކަންދޭން އެބަޖެހެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

images 7

ގިނަ އިލްމީ މާހިރުން ޤަބޫލްކުރާ ގޮތުގައި ފަތިސް ނަމާދަށް ހޭލުމަކީ މީހާގެ ސިކުނޑި ވަރަށް ތާޒާ ކޮށްދޭ ކަމެއްކަމަށާއި، ފަތިސް ނަމާދަށް ހޭލުމަކީ ދުވަހުގެ އެހެން މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދޭކަމެކެވެ.

އެހެން ކަމުން ދަރިން ފަތިސް ނަމާދަށް ހޭލައްވާލާ އެކުދިންނަށް ޤުރުއާނުގެ ސޮފްހާއެއް ކިޔުމަށް ހިތްވަރުދޭންވީއެވެ. އަދި އެއަށް ފަހު ސްކޫލަށް ދިޔުމަށް ތައްޔާރުވުމަށް ވަގުތު ކޮޅެއްވެސް ލިބޭނެއެވެ. އެވަގުތު ކޮޅުގެ ތެރޭގައި ސްކޫލްގެ އިތުރު ފިލާވަޅެއް ދަސްކޮށްލާ ނޫނީ ނިންމާލަން ދަރިވަރަަަށް ފުރުސަތުވެސް ލިބިގެންދާނެ ކަން ކަށަވަރެވެ.

ފަތިސް ނަމާދަށް ހޭލުމުގެ ވާހަކަ ދައްކާލާއިރު، ފަތިސް ނަމާދުގެ މުހިންމު ކަމަށް ނަޒަރު ހިންގާލުންވެސް ރަނގަޅެވެ.
އަބޫ ހުރައިރާ ރަޟިއަﷲ އަންހުގެ އަރިހުން އަލްބުޙާރީ (555) އަދި މުސްލިމް (632) ގައި ރިވާކުރައްވާފައިވާ ރަސޫލާ صلى الله عليه و سلم ހަދީޡް ބަސްފުޅުގައިވާގޮތުން، ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގަޑީގެ މަލާއިކަތުން ބަދަލުވާ ދެވަގުތަކީ ފަޖްރުގެ ވަގުތާއި އަސްރުގެ ވަގުތުވެ. އަދި ފަޖްރުގެވަގުތުގައި ރޭގަނޑު މަޑުކުރެއްވި މަލައިކަތުންނާއި ދުވާލުގަޑީގައި މަޑުކުރާނެ މަލައިކަތުން ތިއްބަވާނެއެވެ. އަދި މިވަގުތަށް ފަހު މުޢުމިން އަޅާގެ ހޮޔެ އަމަލުތަކުގެ ވާހަކައާއިއެކު މަލައިކަތުން ﷲގެ ޙަޒްރަތައް ވަޑައިގަތުމުން ﷲ ސުބާޙާނަހޫ ވަތަޢާލާ (ހުުުުުު ކަމެއް މޮޅަަަށް ދެނެވޮޑިިިިިިިިިގަންނަވާގަންނަވާާ ޙާލު) ސުވާލު ކުރައްވާނެތެވެ. ”ތިމަންރަސްކަނލާގެ އަޅުން ކިހިނެއްތޯއެވެ“ ޖަވާބުގައި މަލައިކަތުން ޙަބަރު ދެއްވަނީ ”އެބައިމީހުން އަހަރަމެން އައިއިރުވެސް ދިޔައިރުވެސް ތިބީ އަޅުކަމުގައި މަޝްްްްްޣޫލު ވެގެންނެވެ“
މިފަދަ ގޮތަކަށް އަހަރަމެންގެ އިލާޙުގެ ހަޒަރަތައް ޙަބަރުދިޔުމަށް ކޮންމެ މުޢުމިން އަޅަކުވެސް އެދޭނެކަން ކަށަވަރެވެ. އަދި އެފަދަ ބަޔެއްގެ ގޮތުގައި އަހަރަމެން ލެއްވުމަށް ދުޢާ ކުރަމެވެ.

އެހެންކަމުން ފަތިސް ނަމާދަށް އިސްކަންދީ، ދަރިން ސްކޫލަށް ހޭލެއްވުމުގެ ކުރިން ފަތިސް ނަމާދަށް ހޭލެވުމަށް ބެލެނިވެރިން އާދަކުރައްވަންވީއެވެ. އަދި ދަރިންނަށް ފަތިސް ނަމާދާއި އެހެން ނަމާދުގެ މުހިންމުކަން ވިސްނައިދީ، އެ ކުދިންގެ ގައިގައި މި އާދަ އަށަގަންނުވަންވީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.