
މޫސުމް ގޯސްވުމުގެ ސަބަބުން މިރޭ ބާއްވަން އޮތް ދަރުސް ފަސްކޮށްފި.
މިރޭ އަލިމަސް ކާނިވަލުގައި ބާއްވަން ހަމަޖެހިފައި އޮތް ދަރުސް ފަސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ މަޝހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލިޔާސް ހުސެއިން ތަގުރީރުކުރަވަން ހަމަޖެހިފައި އޮތް ދަރުސް ދެންއޮންނާ ތާރީޙެއް އަދި އިއުލާނެއް ނުކުރެއެވެ.
”ލޮބުވެތި ނަބިއްޔާ“ މި ނަމުގައި ބާއްވާ ދަރުސް ފަސްް ކުރީ މޫސުމް ގޯސްވުމުގެ ސަބަބުން ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ.