އަލަށް އިސްލާމްވި މީހަކު ގެދޮރުނެތް ނިކަމެތިންނަށް ބޫޓު ހަދިޔާކުރަނީ

ސައުތް ލަންޑަނަށް ނިސްބަތްވާ މޫސާ ނުސުބުގާ އަންނަނީ ކޮންމެ މަހަކުވެސް ގެދޮރުނެތް ނިކަމެތިންގެތެރެއިން އެތައްސަތޭކަ ބަޔަކަށް ބޫޓު ހަދިޔާ ކުރަމުންނެވެ.

”އަހަރެން މި އީމަންވާ އިސްލާމްދީނަކީ އެހެންމީހުންނަށް އެހީވުމާއި، އެންމެ ބައިވެރިކުރުވުމުގެ ރޫޙެއް އޮންނަ ދީނެއް.“ މެޓްރޯ Metro.co.uk އަށްދިން ބަސްދީގަތުމެއްގައި މޫސަބުންޏެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ފުރަތަމަ އަހަރެން އެކި ގޮތްގޮތުން ހެދުން ހޯދައިގެން އެ އެއްޗެތި ބަހަންފެށީ، އެކަމަކު ލިބޭ ހެދުން މާބޮޑަށް ހަލާކުވެފަ ހުންނާތީ ދެން ބެލީ ބޫޓުގެ އަޖުމަ“ މޫސަ އިތުރަށް ކިޔައިދިނެވެ.

ހެދުމުގެ ކޮލިޓީ އާއި ޙާލަތު ދެނެގަންނަން ފަސޭހަ ނުވިޔަސް ބޫޓުގެ ހާލަތު ބަލާ ރަނގަޅު އެއްޗެތި ދެނެގަންނަން އުނދަގުނޫންކަމުގައި މޫސަ ބުންޏެވެ.

އެގޮތުން ގެދޮރުނެތި މަގުމައްޗަށް ގިނަވެފައިތިބެ މަސްތުވާތަކެތި ބޭނުންކޮށް އެވިއްކާ މީހުންނަށާއި، ގޭންގް ހަމަނުޖެހުންތަކުގައި ބައިވެރިވާ ޒުވާނުންނަށް މަޝްހޫރު ބްރޭންޑް ތަކުގެ ރަނގަޅު ކޮލިޓީގެ ބޫޓު މޫސަ އާއި އޭނަގެ ޓީމުން އަންނަނީ ފޯރުކޮށްދެމުންނެވެ.

shoe give away 1

ފުޅާވަމުން އަންނަ ޙަރަކާތް

ވަރަށް ކުޑަކޮށް ފަށައިގެން އައި މި ޙަރަކާތް މިހާރު ހަފްތާއަކު ތިންފަހަރު ބޫޓު ބަހާއެވެ. ހަފްތާއެއްގައި 170 ވަރަކަށް ބޯޓޫ ހަދިޔާ ކުރާއިރު އޭގެ އަގު 14،450.00 ޕައުންޑަށް އަރައެވެ.

ބޫޓަކުން އިންސާނަކަށް އިންސާނަކަށް އުފާވެރިކަން ގެނެސްދޭ މަންޒަރު ދުށުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއްކަމުގައި މޫސަ ބުންޏެވެ.

”މީހަކު2 ހަފްތާ ވަންދެން ބޫޓެއްނެތި ފެންފައިވާނެއްގައި އުޅޭ ޚަބަރު ލިބިގެން އެމީހާއާ ބައްދަލުކޮށް އޭނާއަށް 185.00 ޕައުންޑުގެ ފަހުގެ މަޝްހޫރު ބްރޭންޑެއްގެ ބޫޓެއް ދިނުމުން އޭނާ ވަރަށް އުފާވި، އޭނަބުނީ ތިމަންނައަށް ޤަބޫލެއް ނުކުރެވެޔޯ ކަލޭމެން މިހާ އަގުބޮޑު އެއްޗެއް ހަމަ ހިލޭ ދޭނެކަމެއް.“ މޫސަ ކިޔައިދިނެވެ.

shoe give away 2

މޫސަގެ ޓީމު މުހާރު އަންނަނީ ފުލްޓައިމް މަސައްކަތެއްގެ ގޮތުގައި މިކަން ކުރަމުން. އަދި މިޙަރަކާތް މުޅި އެޤައުމަށް ތަޢާރަފްކުރަން ރާވަމުން. 2020ވަނަ އަހަރު އޫކޭގެ 5 ސިޓީ އަކަށް މިޙަރަކާތް ފުޅާ ކުރުމުގެ އަމާޒެއް އެޓީމުން ވަނީ ހިފާފައެވެ.

މިފަދަ ކިތަންމެ ކުޑަ ޢަމަލަކުންވެސް އެތައްބައެއްގެ ޙަޔާތަށް ހެޔޮބަދަލެއް ގެނެވިދާނެއެވެ. މުސްލިމަކަށްވީތީ އެހްނމީހުންނަށް އޯގާތެރިވެ އަޅާލާނަމަ މިދީނަށް ލޯބިޖެހޭ މީހުން އިތުރުވާނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.